ދީން
މަސައްކަތެއް ނުކޮށް އުޅޭ މީހަކީ، ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް- ހުޠުބާ

މަސައްކަތަކީ، އެއާއި ދުރަގޮސްގެން ފުދުންތެރިކަން ޙާޞިލުކުރެވެން ނެތް ޟަރޫރަތެއްގެ ގޮތުގައި ހުޠުބާގައި ބުނެފައިވެއެވެ. އަދި މަސައްކަތެއް ނެތިއްޖެނަމަ، ދުނިޔޭގެ ޙަޔާތް ހުއްޓި، މިބިމަށް ގެއްލުމާއި ހަލާކު އަތުވެދާނެކަމަށް ހުޠުބާގައި ފާހަގަކުރެއެވެ.

އިންސާނާ އޭނާގެ ނަފްސަށާއި އެހެން މީހުންނަށް ފައިދާ ކޮށްދެނީ މަސައްކަތުން ކަމުގައި ވެފައި ކަންނެތްކަމާއި، ބޭކާރުގޮތުގައި ވަގުތު ނަގައިލުމުން ސަލާމަތް ވެވޭނީ މަސައްކަތުން ކަމުގައި ހުޠުބާގައި ބުނެއެވެ. އަމަލަކީ އަޅުކަމަކަށް ވެފައި އަމަލަކީ ޝަރަފެއްކަމުގައި ވެފައިވާއިރު، މަސައްކަތެއް ނުކޮށް އުޅޭ މީހަކަީ، ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއްގެ ގޮތުގައި ހުޠުބާގައި ސިފަކޮށްފައި ވެއެވެ.

ބޭކާރުގޮތުގައި ވަގުތު ވަގުތު ނަގާލާ މީހުންނަކީ، މުޖުތަމަޢުއަށް ކުރިމަތިވެފައިވާ ބަލިމަނޑުކަމެއްގެ ގޮތުގައި ހުޠުބާގައި ބަޔާންކުރެއެވެ. ބައެއް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ކެފޭތަކުގަޔާއި، މީސްމީޑިޔާގައި، މަޖާކުރުމުގައި ވަގުތު ނަގާލާ ބައެއްގެ ގޮތުގައި ހުޠުބާގައި ބުނެއެވެ. އަދި މަސައްކަތުގެ މައިދާނުން ބޭރުވެފައިވާ މީހަކީ ސަލާންޖެހުމުގެ ބިންގަރާސްތެރެއަށް ވަދެފައިވާ މީހެކެވެ. މިފަދަ މީހުންނަކީ މީސްތަކުންގެ ހަމްދަރުދީގައި ދިރިއުޅޭ ބިކަ އިންސާނުންގެ ގޮތުގައި ހުޠުބާގައި ބަޔާންކުރެއެވެ. ގައިބާރު ހުރި މީހުން މަސައްކަތެއް ނުކޮށް، އުޅުމަކީ، ރަސޫލު ﷺ ލޯބިވެ ވަޑައިގެންނެވި ކަމެއް ނޫންކަމުގައި ހުޠުބާގައި ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!