މަޢުލޫމާތު
ކުޅިކޮށް ކެއުމުން ޝަކުވާ ނުކުރޭ، ފައިދާ އިންތިހާ އަށް!

ކުޅިކޮށް ކެއުމަކީ ދުނިޔޭގެ ގިނަ ބަޔަކު ވަރަށް ލޯބިކުރާ ކަމެކެވެ. މިގޮތުން ޕެޕްސިކަމް، އަސޭމިރުސް، ލޮނު މިރުސް، ޖަލަޕީނޯ ނުވަތަ މިރުސް ފަދަ ކުޅި އެއްޗަކުން ނާސްތާގެ ރަހަގަނޑު ރަނގަޅުކޮށްލުމަކީ ގިނަ ބަޔަކު ކެއުމުގައި އެންމެ އިސްކަނދޭ އެއް ކަމެވެ.

އަޅުގަނޑުމެންގެ ދިވެހީންގެ ތެރޭގައިވެސް ކުޅިކޮށް ކާން ލޯބިކުރާ މީހުންގެ އަދަދު  މަސްމިރުސް ފަދަ ތަކެތީގެ ވިޔަފާރިން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. މި ދެންނެވި ތަކެތި ނޫޑްލްސް، ބަތް، ގަރުދިޔަ، ރިހާކުރު އަދި ރިހައަށްވެސް އަޅައިގެންވެސް އިތުރަށް ކުޅި ކުރުމަކީ ގިނަ ބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ.

ކުޅިކޮށް ކެއުމަކީ ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތަށް ނަމަ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެކެވެ. މިއީ މުޅިއެކުން ރަގަޅުވާހަކައެއް ނޫނެވެ. ކުޅިކޮށް ކެއުމުން ލިބޭ ފައިދާތައް އިންތިހާއަށް ގިނަކަން ފާހަގަކޮށްލެވެއެވެ.

ކުޅިކޮށް ކެއުމަކީ މީހާގެ ބަރުދަން ލުއިކޮށްދޭކަމެއްކަމަށް ތަޖުރިބާކާރުން ބުނާއިރު ،އެފަދަ ފަރާތްތަކުން އެހެން  ބުނާ ސަބަބުތަކެއްވެސް އެބަހުއްޓެވެ.ކުޅިކޮށް ކެއުމުން މީހާގެ މެޓަބޮލިސަމް އަށް ގުނަ އިތުރުކޮށްދޭތީއެވެ. މީގެ އިރުރުންވެސް ކުޅި ކާ އެއްޗިއްސަކީ ކެންސަރާއި ދުރުކޮށްދޭ އެކި އެކި މާއްދާތައް ހިމެނިގެންވާ އެއްޗެއްކަން ދިރާސާތަކުން ވަނީ ދައްކައިފައެވެ.

މިގޮތުން ޓިއުމަރިކް ނުވަތަ ރީނދުލުގައި ކާރކިއުމިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭކަމަށް ސައިންސްވެރިން ބުނެފައިވާއިރު މި މާއްދާއަކީ އެންޓި ކެންސާރ ނުވަތަ ކެންސަރާއި މީހާ ދުރުކޮށްދޭ މާއްދާއެއްކަމަށް ވަނީ ހޯދުންތަކުން ފެނިފައެވެ.

ހިތުގެ ބަލި އަދި ކޮލެސްޓްރޯލްއާއި ދުރުކޮށްދޭ މާއްދާއެއްކަމުގައިވާ ކެޕްސައިސިން، ޖަލަޕީނޯ އަދި ރަތް މިރުހުގައި ހިމެނޭއިރު ރަތް އަދި ފެހި މިރުހުގައި މުހިންމު ގިނަ މިނަރަލްތަކަކާއި ގިނަ އަދަދަކަށް ވިޓަމިން ސީ ހިމެނޭކަމަށްވެސް ވަނީ ތަހުލީލުތަކުން ދައްކާފައެވެ.އެހެންކަމުން ކުޅިކޮށް ނުކައި ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ.

Comment