ފެންޑާ
ބުޅަލެއްގެ މިލްކިއްޔާތުގައި 185 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ކޮންމެމީހަކީވެސް ބިލް ގޭޓްސް ނުވަތަ ވަރެން ބުފޭ ފަދަ ޝަޙުސިއްޔަތުތަކާއި އެއްފަދަ މުއްސަނދިކަމެއް ހޯދުމަށް އެދޭ ބައެކެވެ. އެހެންނަމަވެސް އެފަދަ މުއްސަދިކަމަކީ ކޮންމެ މީހަކަށް ލިބޭކަންކަމެއް ނޫނެވެ. އަދި އެފަދަ މުއްސަދިކަމެއް ލިބޭވަރަށް މަސައްކަތް ކުރުމަކީވެސް ކޮންމެ ކޮންމެ މީހަކަށް ކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ. އަދި ބައެއް މީހުންނަށް އެފަދަ މުއްސަދިކަމެއް ހޯދުމަށްޓަކައި އެމީހެއްގެ މުޅި ހަޔާތްވެސް ހޭދަކުރަންޖެހޭ ފަހަރު ދެއެވެ.

އެހެންނަމަވެސް ބްލެކީ ނަމަކަށްކިޔާ ކަޅު ބުޅަލަކަށް ބޮޑު މުއްސަނދިކަމެއް ހޯދުމަށް މާބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ބްލެކީ އަކީ މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި ބުޅަލެވެ. މި ބުޅަލުގެ މިލްކިއްޔާތުގައި 12.5 މިލިއަން ޑޮލަރު ނުވަތަ ދިވެހި ރުފިޔާއިން އަގު ކުރާނަމަ، 185 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި އިރު ބްލެކީއަށް މިވަރުގެ މުއްސަނދިކަމެއް ލިބުނީ ބްލެކީ ގެންގުޅުނު ބެން ރިއާ ނަމަކަށްކިޔާ އިނގިރޭސިވިލާތުގެ ރައްޔިތަކު 1988 އަހަރު މަރުވުމުންނެވެ.

ބެން ރިއާ ދުނިޔޭގައި ހުރި އިރު އޭނާއާއި އެކު އޭނާގެ ގޭގައި 15 ބުޅާ ގެންގުޅުނެވެ. ބްލެކީއަކީ އޭނާ މަރުވިއިރުއެ 15 ބުޅަލުގެ ތެރެއިން ދުނިޔޭގައި އޮތް ހަމައެކަނި ބުޅަލެވެ.

ބެން ރިޔާ ވަނީ އޭނާ މަރުވުމުން އޭނާގެ މުޅިމިލްކިއްޔާތު އާއިލާއަށް ދިނުމުގެ ބަދަލުގައި ބްލެކީ ނުވަތަ ކަޅު ބުޅަލަށް ދިނުމަށް ވަސިއްޔަތްކޮށް ފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ހިލޭސާބަހަށްޓަކައި ޖަނަވާރުތަކަށް އެހީތެރިވެދޭ އެކި އެކި އޮގަނައިޒޭޝަންތަކާއި ޖަމިއްޔާތަކަށްވެސް އޭނާގެ މުއްސަނދިކަމުން ބައެއް ދޫކޮށްލައިފައެވެ.

ބްލެކީ ގޮތަށް ގިނަ އިންސާނުންނަށްވުރެ މުއްސަނދި އެތައް ޖަނަވާރުތަކެއް ދުނިޔޭގައި މިހާރުވެސް އެބަތިއްބެވެ. އިންޓަނެޓުގައި މަޝްހޫރު ނަމުންނަމަ ގްރަމްޕީ ކެޓް އަކީ މީގެ އެއް މިސާލެވެ. ގްރަމްޕީ ކެޓްގެ މުއްސަނދިކަން ބްލެކީއަށްވުރެވެސް އިތުރުވާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!