ޚަބަރު
ތިނަދޫގައި ބާކީ ހުރި ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއިކޮށްފި

ތިނަދޫގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން މިފަހުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ އެގްރީމަންޓްގައި މިއަދު ސޮއިކޮށްފިއެވެ.

ތިނަދޫގައި މިއަދު ކުރިއަށްގެންދަނީ ތިނަދޫގައި އަޅާފައިވާ 120 ފްލެޓްގެ ތެރެއިން ހަވާލުނުކޮށް ބާކީ ހުރި 15 ފްލެޓް ލިބުނު ފަރާތްތަކާ އެކު ކުރެވޭ އެގްރީމަންޓުގެ ސޮއި ކުރުމެވެ. އެގޮތުން މިފަހުން ފްލެޓް ލިބުނު ފަރާތްތަކުގެ އެގްރީމަންޓް ގައި ސޮއިކުރުން މިއަދު ކުރިއަށް ގެންދާއިރު މާދަމާ އަދި އިތުރު 12 ފަރާތަކާއެކު ފްލެޓް އެގްރީމަންޓް ގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ މަރިޔަމް ޝަކީލާ ވިދާޅުވީ، މާދަމާ އެގްރީމަންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ 12 ފްލެޓަކީ ތިނަދޫއިން ކުރިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެފަހަރު ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން ފްލެޓް ދޫކޮށްލުމުން ދެން ފްލެޓް ދެވެން އޮންނަ އުސޫލުގެ ދަށުން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އަލުން ދެވިފައިވާ ފްލެޓް ތަކެއް ކަމަށާއި، އެފްލެޓް ތައް ލިބުނު ފަރާތްތަކާ އެކު މާދަމާ ތިނަދޫ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި އެެގްރީމަންޓްގައި ސޮއިކުރުން ކުރިއަށްދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!