ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށި ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް މިއަދުވެސް ތިނަދޫ ގައި އިތުރު މަސައްކަތްތަކެއް ކޮއްފިއެވެ.
ތިނަދޫ ކައުނަސިލްގެ މެމްބަރު އަހުމީ މާ އަހުމަދު ވިދާޅުވީ އާބާދީ 55 ފާހަގަ ކުރުމަށް ވާން ޖެހޭ ތައްޔާރީގައި މިއަދު ކުރި މަސައްކަތަކީ 55 ގެ ޚާއްޞަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިއަމް ޕާކުގެ ވޯކްވޭ ތަކުގައި ކުލަލުމާއި އެތަނުގައި ހުރި ބައެއް މަރާމާތުތައް ކުރުން ކަމަށާއި މިއަދު ގެ މަސައްކަތުގައި ތިނަދޫގެ ހުރިހާ މުޢައްސަސާ ތަކާއި ބައެއް ޖަމްޢިއްޔާ ތަކުން ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ.
އިތުރުން މައުލޫމާތު ދެއްވަމުން ކައުންސިލްގެ މެންބަރު އަަހުމީމާ ވިދާޅުވީ އާބާދީ 55 ފާހަގަ ކުރުމަށް މިއުޒިއަމް ޕާކް ގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށާއި ރަސްމީ ހަރަކާތްތައް އޮންނަ ތާރީޚަށް ތައްޔާރީތައް ނިމޭނެކަމަށެވެ. އަދި ތިނަދޫ ރައީސް މި ކަމުގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެކަމަށް ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށް ވެސް ކައުންސިލަރ އަަހުމީމާ ވިދާޅުވިއެވެ.
ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 5 އަހަރު ފުރުން ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ތިނަދޫއަށް 2 ވަނަ ފަހަރަށް މީހުން އާބާދުވާން ފެށީ 22 އޮގަސްޓް 1966 ގައެވެ.