ޚަބަރު
ގްރޭޑް1 ގެ ޤުރުއާން މާއްދާގެ ދަރިުވަރުންގެ ފޮތުގައި ދެސޫރަތެއްގެ އާޔަތްތައް އެއްކޮށް ޕްރިންޓްވެފައި

ގްރޭޑް 1 ގެ ޤުރުޢާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓްކުރިއިރު، ދެ ޞޫރަތެއްގެ އާޔަތްތައް ވަނީ އެކުވެފައެވެ.

މިނިސްޓްރީއޮފް އެޑިއުކޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުން، މިމައްސަލަ އެމިނިސްޓްރީއަށް ފާހަގަވީ ހިސާބުން ފެށިގެން އެކަން ހައްލުކުރުމަށް ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) ވަނީ މަސައްކަތް ފަށާފައެވެ.

މައްސަލަ ޖެހިފައިވާ ޞަފްޙާ ބަދަލުކުރުމަށް އަމަލުކުރަންޖެހޭ ގޮތް ސްކޫލްތަކާއި ހިއްސާކޮށް، ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަވަމުން ގެންދާނެކަމަށް އެޑިއުކޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިފޮތްތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޗެކްކުރެވިފައިވާ ފޮތްތަކެެކެވެ.

މިފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޑިއުކޭޝަނުން މަޢުލޫމާތުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!