ޚަބަރު
މަޖިލީހުގެ ދީނީ ކޮމިޓީއެއް ނެތުމުން ސަނީފް ކަންބޮޑުވުން

ރައްޔިތުން މަޖިލީހުގައި 16 ކޮމިޓީއެއް އޮންނަ އިރު އިސްލާމީ ފަތުވާދޭނެ ދީނީ ކޮމިޓީއެއް ނެތުމުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސަނީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރަމުން ސަނީފް ވިދާޅުވީ އެއީ ދީނާއި ދެކޮޅަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށާއި، މަޖިލީހުގައި ދީނީ ފަތުވާދޭ ކޮމިޓީއެއް އޮންނަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

” ހުރިހާ ގާނޫނެއް ހެދިގެން ދާނީ މުސްލިމް ގައުމެއްގައި އިސްލާމީ ޝަރީއަތާއި ހިލާފު ނުވާ ގޮތަށް ކަމަށް މި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ކޮބާތޯއޭ މި މަޖިލީހުގެ ދީނީ ކޮމިޓީ. މި މަޖިލީހުގެ އިސްލާމީ ފަތުވާ ދޭނެ ދީނީ ކޮމިޓީއެއް ކޮބާތޯ ” – ސަނީފް

ސަނީފް ވިދާޅުވީ މި ބިލުގައި އިސްލާމީ ދައުވަތު ފެތުރުމަށް ހުރަސްއެޅޭ ގިނަ ކަންކަން ހުރި ކަމަށެވެ. އަދި ކޮމިޓީން ބިލަށް ގެނެސްފައިވާ އިސްލާހުތައް މާ ގޯސްކަމަށް ވިދާޅުވަމުން އޭނާ ވަނީ ބިލު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.

ސަނީފް ވިދާޅުވީ ބިލާއި ދެކޮޅަށް 124 ކައުންސިލާއި، 101 އިލްމުވެރިން އަޑުއުފުލަމުން ދާއިރު އެ އަޑު ސަރުކާރަށް ނީވޭ ކަމަށެވެ. އަދި އެއީ ޑިމޮކްރެސީއަށް ކުރާ މަލާމާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ސަނީފް ވަނީ ރާއްޖޭގެ ގިިނަ އިލްމުވެރިންނާއި ދެކޮޅަށް އެފަދަ ބޮޑު އިސްލާހެއް ގާނޫނުލްއުުގޫބާތަށް ނުގެނެވޭނެ ކަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!