ޚަބަރު
ފަރެސްމާތޮޑާއިން ރޭންޑަމް ސާމްޕަލެއް ފައްސިވުމުން، ފިޔަވަޅުތަށް ވަރުގަދަކޮށްފި

ގދ ފަރެސްމާތޮޑާގެ މުޖުތަމައުގެ ތެރެއިން ކޮވިޑް19 އަށް މީހަކު ފައްސިވުމާއި ގުޅިގެން އެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިއްޔެ ފަރެސްމާތޮޑާ ސިއްހީ މަރުކަޒަށް ޑޮކްޓަރަށް ދެއްކި މީހަކު ފައްސިވުމާއި ގުޅިގެން އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކެފޭ ރެސްޓޯރެންޓުތަކާއި ގާޑިޔާތަކާއި ކުޅިވަރު ކުޅޭ ދަނޑުތަކުގެ އިތުރުން ކުޑަކުދިންގެ ޕާކުތަށް ބަންދުކުރުމަށެވެ.

ރަށުގެ މުޖުތަމައުގެ ތެރެއިން ކޮވިޑް19 އަށް މީހަކު ފައްސިވުމާއި ގުޅިގެން ރަށުގައި ބަލި ފެތުރަނުދިނުމަށް ފަރެސްމާތޮޑާ ކައުންސިލާއި އެރަށު ސިއްހީ މަރުކަޒުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިއަދު ހަވީރު 6 ކުން ފެށިގެން ކައުންސިލުން އަޅާފައިވާ ފިޔަވަޅު ތަކާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ އެއިއުލާނުގައި އެދިފައެވެ.

ފަރެސްމާތޮޑާގެ މުޖުތަމައުގެ ތެރެއިން މިދިޔަ މޭމަހުވެސް ކޭސްތަކެއް ފެނި އެރަށް ވަނީ ބަންދުކޮށްފައެވެ. އަދި އެފަހަރު އެރަށުން 60 މީހަކު ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!