ޚަބަރު
އެވިޑް ކޮލެޖުގެ ޕްރޮމޯޝަން ޙަރަކާތްތަކެއް ތިނަދޫގައި ފަށައިފި

އެވިޑް ކޮލެޖުގެ ޕްރޮމޯޝަން ޙަރަކާތްތަކެއް ގދ.ތިނަދޫގައި ފަށައިފިއެވެ.

އެވިޑް ކޮލެޖުން “ހުވަދޫ ނިއުސް” މައުލޫމާތު ދެއްވަމުން ވިދާޅުވީ, ތިނަދޫ ގައި މިހާރު ކުރިޔަށް ގެންދާ ހަރަކާތްތަކަކީ މައިގަނޑު ގޮތެއްގައި ސެޕްޓެމްބަރ އިންޓޭކް ކޯސް ތަކާއި ޖުމްލަކޮށް އެ ކޮލެޖުގައި ހުރި ކޯސް ތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭން ބާއްވާ ހަރަކާތްތަކެއްކަމަށެވެ.

އެގޮތުން އެކިއެކި މާހައުލުގައި އެމާހައުލަކާ ގުޅޭ ހަރަކާތްތައް ކުރިޔަށް ގެންދާ ގޮތަށް ހަފުތާއަކު އެއްފަހަރު ރަށުގެ ކޮންމެވެސް އެއްސަރަހައްދެއްގައި ތިބެ މައުލޫމާތުދީ މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށް އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަހުން މައުލޫމާތު ދެއެވެ.

މިއަދު ހަވީރު އެވިޑް ކޮލެޖުގެ ޕްރަމޯޝަން ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ތިނަދޫ މިއުޒިއަމް ޕާކް ކައިރީގައެވެ. މިއަދުގެ ހަރަކާތުގައި ކުޑަ ކުދިންނަށް ޚާއްސަކޮށް ފޭސް ޕެއިންޓް ކުރުންވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއީ އެވިޑުން ކުރިޔަށް ގެންދާ ކާމިޔާބު ހަރަކާތްތަކެއްކަމަށް އެ ކޮލެޖުން ވިދާޅުވެއެވެ.

Comment