ޚަބަރު
މަހާޖައްރާފަށް ކެޕްޓަނުން ހޯދަނީ، މުސާރަ އެއްލައްކަ ރުފިޔާ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީގެ) ކޮންނަ ބޯޓު “މަހާޖައްރާފު” ދުއްވާނެ ކެޕްޓަނުން ހޯދަން އިއުލާން ކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ އެއް އަހަރުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ނަގާ އެ މަގާމުގެ މުސާރައަކީ 109،00ރ އެވެ. އަދި އޭގެ އިތުރުން ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމްގައިވެސް ބައިވެރިވެވޭނެއެވެ.

މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ކަނޑު އުޅަނދުގެ ދާއިރާއިން ތަމްރީނާއި ތައުލީމު ހުންނަން ޖެހެއެވެ. މިމަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ ނުވަވަނަ ދުވަހެވެ.

މަހާޖައްޔާފު ކުރިން ދުއްވަމުން ގެންދިޔައީ ބޭރު މީހުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އުޅަނދުގައި ހަރަކާތްތެރި ވަނީ ހުސް ދިވެހިންނެވެ. މިގޮތުން 17 ދިވެހިން މި ބޯޓުގައި ހަރަކާތްތެރިވާނެ އެވެ. މީގެތެރޭގައި ކެޕްޓަނުން އިން ފެށިގެން އިންޖިނޭރުންނާއި ކައްކާއިން ވެސް ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!