ރާއްޖޭގައި ޝަރީއަތަށް ނުފޫޒު ފޯރުވި ޒަމާން ﷲ ގެ ރަޙްމަތާއެކު ނިމެއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.
ޑރ އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ޝަރީއަތަށް ނުފޫޒު ފޯރުވި ޒަމާން ﷲ ގެ ރަޙްމަތާއި އެކު ނިމި ހިނގައްޖެ ކަމަށާއި، ކްރިމިނަލް ކޯޓުގައި ބަރިބަރިއަށް ހުކުމްޖެހި ފަނޑިޔާރުންގެ ޒަމާންވެސް ﷲ ގެ ރަޙްމަތާއިއެކު ވަނީ ނިމިގޮސްފައި ކަމަށެވެ. އަދި އޭރު އެކަން ކުރި މީހުންނަށް މިހާރުވެސް ހީވާނީ އެކަން އެގޮތަށް ކުރާނެ ކަމަށްވެސް ޑރ އިޔާޒްގެ ޓްވީޓުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ޝަރީޢަތަށް ނުފޫޒު ފޯރުވި ޒަމާން اللهގެ ރަޙްމަތާއި އެކު ނިމިހިނގައްޖެ. ކްރިމިނަލް ކޯޓުަގައި ބަރިބަރިޔަށް ޙުކުމްޖެހި ފަނޑިޔާރުންގެ ޒަމާންވެސް الله ގެ ރަޙްމަތާއި އެކު ވަނީ ނިމިގޮސްފައި. އޭރު އެކަން ކުރި މީޙުންނަށް ހީވާނީ މިހާރުވެސް އެކަން އެގޮތަށް ކުރާނެ ކަމަށް.
— Dr.Mohamed Iyaz (@dr_iyaz) September 5, 2021
އިޔާޒު! މަނިކުފާނު ހުންނަވަނީ މި ރާއްޖެގައިތޯ؟