ޚަބަރު
މިރަޓާ ލެބީއްކުން ވަރިހަމައި” ގެ ޓްރެއިލާ ދައްކާލައިފި”

ތިނަދޫ މީހުން ރަށުން ބޭލުމަށްފަހު އަލަށް އާބާދުވާން ފެށިތާ 55 އަަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ކުޅުމަށް ހަމަޖެހިފައިވާ ” މިރަޓާ ލެބީގެކުން، ވަރިހަމައި…” ގެ ޓްރައިލާ ރިލީޒް ކޮށްފިއެވެ.

ތިނަދޫ މީހުން 1966 ވަނަ އަހަރުގެ އޮގަސްޓް 22 ގައި އަލުން ރަށަށް އާބާދުވީ ދުވަހުގެ މަންޒަރުތައް ދައްކުވައިދޭ ގޮތަށް ކުޅެފައިވާ މިވީޑިއޯ އަކީ ތިނަދޫ އާބާދީ 55 ފާހަގަ ކުރުމުގެ ގޮތުން މިއުޒިއަމް ޕާކުގައި ކުޅުމަށް ހަމަޖެހިފައިވާ ތަފްސީލުގެ ސްކްރީން ޕްލޭ ވީޑިއޯތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ އިޝްތިހާރެކެވެ.

ބުންނަރު، ސްޓޫޑިއޯ 33، އިވެންޓް ކާސްޓް އަދި ޗައްޕަލާ ސްޓޫޑިއޯ އާއި ތިނަދޫ ކައުންސިލް ގުޅިގެން ތައްޔާރުކުރަމުންދާ މި ތަމްސީލުގައި ތިނަދޫގެ ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވެއެވެ. މިރަޓާ ލެބީއްކުން، ވަރިހަމައި ގެ ޓްރެއިލާ މި ލިންކުން ބަލާލެވޭނެއެވެ.

މިރަޓާ ލެބީއްކުން ވަރިހަމައި ތަމްސީލު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ތިނަދޫ މިއުޒިއަމް ޕާކުގައި އާބާދީ 55 ފާހަގަ ކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައެވެ.