ޚަބަރު
ގްރޭޑް 10 އަދި 2ގެ އިސްލާމް ފޮތުގަވެސް އާޔަތްތަކުގެ މައްސަލަ އުޅޭކަމަށް ޑރ.ޝަހީމް ފާހަނގަކޮށްފި

ރާއްޖޭގެ ސްކުލްތަކުގައި ކިޔަވައިދޭން ތައްޔާރުކޮށްފައިވާ ގްރޭޑް 10 އަދި ގްރޭޑް 2ގެ އިސްލާމް ފޮތުގައި ކީރިތި ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާކަމަށް ޑރ.ޝަހީމް އަނެއްކާވެސް ފާހަނގަކޮށްފިއެވެ.

ޑ.ރޝަހީމް ރޭގަ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގްރޭޑް 10 ގެ އިސްލާމް ފޮތުގައި އިން އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތް އިނީ ނުބައިކޮށް ކަމަށާއި ގްރޭޑް 2ގެ އިސްލާމް ފޮތުގައި ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު އުނިވެފައިވާކަމަށެވެ.

ދަރިވަރުންގެ އިސްލާމް ފޮތްތަކުގައި ނުބައިކޮށް ހުރި އާޔަތްތައް ޑރ.ޝަހީމް ވަނީ ފާހަނގަކޮށް ޓްވީޓްގައި ހިމަނާފައެވެ. އަދި އެއާޔަތް ނުބައިވި ސަބަބު ބަޔާންކޮށްފައިވެއެވެ. މިފަދަ މައްސަލަތައް ފެންމަތިވަމުން ދާތީ އިސްލާމާއި ޤުރުއާން ފޮތް ތައް ކިޔަވައިދޭ އިރު، ރަނގަޅަށް ޗެކްކުރުމަށް އިސްލާމް މުދައްރިސުންނާއި ޤުރުއާން މުދައްރިސުންގެ އަރިހުން ޑރ. ޝަހީމް ވަނީ އެދި ވަޑައިގެންފައެވެ.

މީގެ އިތުރުން ޑރ.ޝަހީމް އިއްޔެ ފާހަނގަ ކުރި ގޮތުގައި ގްރޭޑް 1ގެ އިސްލާމް ފޮތުގައި ސޫރަތުން ނަބާގެ ބައެއް އާޔަތްތަކާއި ސޫރަތުން ނާޒިޢަތުގެ ބައެއް އާޔަތްއަށް އެކުވެ އޮޅިފައިވާ ކަމާއި، ގްރޭޑް 12ގެ އިސްލާމ ފޮތުގައިވެސް ސޫރަތެއް ލިޔެފަ އިނީ ނުބައިކޮށްވެ.

މިކަމާއި ގުޅިގެން އެޑިއުކޭޗަން މިނިސްޓްރީން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ބުނާގޮތުން މިފޮތްތައް ނެރުމުގެ ކުރިން ޗެކްކޮށްފައިވާ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް މިކަންތައް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރަން މިހާރު ސްކޫލުތަކާއި ވާހަކަ ދައްކާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!