ގއ ކަނޑުހުޅުދޫގައި ތިން އަންހެނުން ގޮސް އަންހެނެއްގެ ގައިގަ ތަޅާ މާރާމާރީ ހިންގައިފިއެވެ.
ކަނޑުހުޅުދޫއިން ހުވަދޫ ނިއުސް އާ ވާހަކަދެއްކި މީހަކު ބުނީ، ކުރި ޒުވާބަކާ ގުޅިގެން ހިގައިދިޔަ ކަމެއް ކަމަށާއި ތިން މީހަކު ވެގެން އެއަންހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން ނޭފަތް މަތީގައި ޖެހުމުން ނޭފަތް ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭއައިސް ހުރި ކަަމަށްވެސް އޭނާ ބުންޏެވެ.
އަނިޔާލިބުނު އަންހެން މީހާގެ އާއިލާ މީހަކު ހުވަދޫ ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ބަޔަކު ދެއްކި ވާހަކައަކާ ގުޅިގެން ކުރި ޒުވާބެއްގެ ތެރޭގައި އަންހެން މީހާއަށް އަނިޔާކޮށްފައިވާ ކަމަށާއި، އަނިޔާކޮށްފައިވަނީ ސްކޫލް ކައިރިން ދެކެވުނު ވާހަކައަކާ ގުޅިގެން، އަނިޔާ ލިބުނު އަންހެން މީހާގެ ގޭގެ ބޭރުގައި ހުއްޓާ ތިން މީހަކު އައިސް ސައިކަލުން އޭނާ ވައްޓާލާފައި ކަމަށެވެ.
އަނިޔާ ލިބުނު އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް، މިހާރު ގެންދަނީ ގއ.ކަނޑުހުޅުދޫ ސިއްޙީމަރުކަޒުން ފަރުވާދެމުންނެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.