ޚަބަރު
ތިނަދޫއިން މިއަދު އިތުރު ބަޔަކު ފައްސިވެއްޖެ

ގދ ތިނަދޫއިން މިއަދު އިތުރު ބަޔަކު ފައްސިވެއްޖެއެވެ.

ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްއިން ނެރެފައިވާ އަދާހަމައިން ދައްކާގޮތުގައި މިއަދު އެރަށުން އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ 4 މީހެކެވެ. އެއާއެކު އެރަށުގެ އެކްޓިވް ކޭސްގެ އަދަދުވަނީ 25 އަށް އަރާފައެވެ.

ހުވަދޫ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ތިނަދޫއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި އެރަށުގައި ހުންނަ އަބޫބަކުރު ސްކޫލްގެ ގްރޭޑް 6 އަދި 4 ގައި ކިޔަވާ ދެ ދަރިވަރުން ހިމެނެއެވެ.

ތިނަދޫއިން މިހާތަނަށް ޖުމްލަ 982 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 954 މީހެކެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓިގައި ފަރުވާދެމުންދަނިކޮށް 4 މީހަކު ނިޔާވެފައިވާއިރު މިވަގުތު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނީ އެންމެ މީހަކަށެވެ.