ޚަބަރު
އިސްލާމް ފޮތްތަކުގައި ކުށްހުރިކަމަށް މީގެކުރިން ފާހަނގަކުރެވިފައި ނެތް: ޑރ. އަބްދުﷲ ރަޝީދު

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރަމުން އައި އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުގައި ކުށްހުރިކަމަށް މީގެކުރިން ފާހަނގަކުރެވިފައިނުވާކަމަށް ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ ގްރޭޑް-2ގެ ފޮތުގައި ކުށް ލިޔެވިފައި ވާއިރު އެއީ 2015 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށާއި ގްރޭޑް-12 ގެ އިސްލާމް ފޮތަކީ ވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ބޭނުން ކުރަމުން އައި ފޮތެއް ކަމަށެވެ. އެހެންނަމަވެސް ގްރޭޑް 1ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރާ އިސްލާމްފޮތަކީ މިއަހަރު އަލަށް ބޭނުންކުރަންފެށި ފޮތެއް ކަމަށާއި މީގެ ކުރިން މިފޮތްތަކުގައި ކުށް ހުރިކަމަށް ފާހަނގަކުރެވިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މިފޮތްތަކުގައި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ނުބައިކޮށް ލިޔެފަ ހުރުމުގައި އިހުމާލުވި ފަރާތްތައް ހޯދާނެކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާނެކަމަށެވެ. މިފަދަ މައްސަލަތައް މީގެ ކުރިންވެސް ދިމާވެފައިވާކަން މިނިސްޓަރ ވަނީ ފާހަނގަކޮށްފައެވެ. މައްސަލަ ޖެހުނު ފޮތްތައް އިސްލާޙު ކުރުމުގެ މަސައްކަތް ސްކޫލްތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ކުރަމުންނެވެ.

ޑ.ރޝަހީމް ވިދާޅުވެފައިވަނީ ގްރޭޑް 10 ގެ އިސްލާމް ފޮތުގައި އިން އަލްމާއިދާ ސޫރަތުގެ 3 ވަނަ އާޔަތް އިނީ ނުބައިކޮށް ކަމަށާއި ގްރޭޑް 2ގެ އިސްލާމް ފޮތުގައި ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތް، ފުރަތަމަ ލަފްޒު އުނިވެފައިވާކަމަށެވެ. މީގެ އިތުރުން ގްރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ކަމަށާއި ގްރޭޑް 1 ގެ ޤުރުޢާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓްކުރިއިރު، ދެ ޞޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަމަށް ޑރ.ޝަހީމް ވަނީ ފާހނގަކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!