ސްމާޓްފޯނު ވިޔަފާރީގައި ރާއްޖޭގައި ކުރިއަރަމުންދާ ބަންކާ މޮބައިލްސްގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
އަގުހެޔޮކޮށް ސްމާޓްފޯނު ވިއްކުމުގައި އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ބަންކާ ގެ ހުޅުމާލެ އައުޓްލެޓް ފިހާރަ ހުޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއެވެ. އެގޮތުން ހުޅުމާލޭގައި ރޭގަ ހުޅުވުނު ފިހާރަ އާއި އެކު، ބަންކާގެ 4 އައުޓްލެޓް ފިހާރަ މިހާރު ހުރެއެވެ.
ހުޅުމާލޭގައި އަލަށް ހުޅުވި ބަންކާގެ ފިހާރައާ ގުޅޭގޮތުން އެ ވިޔަފާރީގެ ވެރިޔާ އަމީޒު މުހައްމަދު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްތަނަކުން ގިނަ އެއްޗެހި ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށެވެ.
ފިހާރަ އަށް އަންނަ މީހުންނަށް ފަސޭހަކޮށް އެއްތަނަކުން މުދާ ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށާއި، އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް އޯޑަރުކޮށްލުމުން ޑެލިވަރ ވެސް ކޮށްދޭނެ ކަމަށެވެ.
“ބަންކާ މެކްސް” ނަމުގައި ހުޅުމާލޭގައި އަލަށް ހުޅުވި އެފިހާރަ ހުންނަނީ ނިރޮޅުމަގު 8 ވަނަ ގޯޅިއަށްވާ ގޮތަށް ބޮޑުމަގުގައެވެ. މި ފިހާރައިގައި މޯބައިލް ފޯނުގެ އިތުރުން ބަދިގެއަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނުތައް ލިބެން ހުރެއެވެ.