އަމިއްލަ ޔުނިވާސިޓީތަކުގައި އަފްޣާނިސްތާނުގައި ކިޔަވަމުން އަންނަ އަންހެން ދަރިވަރުން އަބާޔާ ހެދުން ލައި މޫނުބުރުގާ އެޅުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ތާލިބާނުން ބުނެފިއެވެ.
އަންހެން ދަރިވަރުންނަށް ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދޭނެކަމަށް މީގެ ކުރިން ޠާލިބާނުން ބުނެފައިވާއިރު، އަންހެން ދަރިވަރުންނަށް މަތީ ތަޢުލީމު ހޯދުމުގެ ފުރުސަތު ލިބޭނީ މޫނުބުރުގާ އަޅައި، އަންހެން ފިރިހެން ވަކިން ކްލާހުގައި ކިޔަވާނަމަ އެކަނި ކަމަށް އެޖަމާއަތުން ހާމަކުރެއެވެ.
ތާލިބާން ޖަމާއަތުގެ އެޑިއުކޭޝަން އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންހެން ދަރިވަރުންނަށް ކިޔަވައިދޭން ވާނީ ވެސް އަންހެން މުދައްރިސެއް ކަމަށެވެ. އަންހެން މުދައްރިސެއް ނުލިބިއްޖެ ހާލަތެއްގައި އެކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތު އުމުރުން ދޮށީ ފިރިހެނެކަަށް ލިބިދާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފިރިހެން މީހާ އަކީ އަހުލާގު ރަނގަޅު މީހަކަށް ވުމަކީ ތާލިބާނުން ކޮށްފައިވާ ޝަރުތެކެވެ.
އަންހެން ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވުނީ، ދެޖިންސް މަސްހުނި ނުވާނެހެން، އަންހެން ދަރިވަރުންގެ ގަޑިތައް އަވަހަށް ނިންމުމުގެ ޝަރުޠުތަކާއެކުކު ކަން ފާހަގަކުރެވެއެވެ.
ތާލިބާނުން މިފަދަ ޝަރުޠުތަކަކާއިއެކު މިކަން އަންގާ އިއުލާން ކޮށްފައިވަނީ އަމިއްލަ ޔުނިވާސިޓީތައް ހުޅުވަން ތައްޔާރުވެފައި ދަނޑިވަޅެއްގައެވެ.