ޚަބަރު
ފިނޭގެ ފަޅުތެރެއިން ވަރަށް ހިތްގައިމު މަންޒަރެއް

ހދ. ފިނޭގެ ފަޅުތެރެއިން މިފަހަރު ފެނިގެން މިދަނީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ. ފަޅުތެރޭގައި ކޯމަސް އުޅޭ މަންޒަރެވެ.

ފަޅުތެރެއަށް ކޯމަސްތަކެއް ވަދެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާއްމުވެ އާއްމުންގެ ބޮޑު ސަމާލުކަމެއް އެ ވީޑިއޯ އަށް ވަނީ ލިބެންފަށާފައެވެ.

ފިނޭގެ ފަޅުތެރެއިން ކޯމަސް އުޅޭ މަންޒަރު ފެންނަ ވީޑިއޯ އަކީ އަމިއްލަ ފަރާތެއ ކަމުގައިވާ  މުހައްމަދު އައުޒަމް އޭނާގެ ފޭސްބުކްގައި ހިއްސާ ކުރި ވީޑިއޯއެކެވެ. މީގެ ދެދުވަސްކުރިން ނަގާފައި، އަމިއްލަ ފޭސްބުކްގައި އައުޒަމް، ޕޯސްޓް ކޮށްފައިވާ ވީޑިއޯކޮޅެއްގައި ބުނެފައި ވަނީ ފިނޭ ބަނދަރު ސަރަހައްދުގައި އުޅުނު ދެ ކޯމަހެއް އޭނާ އަށް ފެނިފައިވާ ކަމަށެވެ.

ހދ. ފިފޭނެގެ ކައުންސިލްގެ ނާއިބު ރައީސް ހަސަން އިސްމާއިލް މިޑިޔާއަށް މަޢުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ދޭތެރެ ދޭތެރެއިން ފިނޭ ފަޅު ތެރެއިން ކޯމަސް ފެނެއެވެ. އެގޮތުން ބައެއް ފަހަރު ފަސް ކޯމަސް ވެސް އެއްފަހަރާ ފަޅުތެރެ އަށް ވަދެ އުޅޭ މަންޒަރު ފެންނަ ކަމަށާއި އެއީ މޫސުމީ ކަމެއް ކަމަށް ލަފާ ކުރެވޭ ކަމަށް ނާއިބު ރައީސް ބުނެފައިވެއެވެ.

އިސްމާއިލް، އިތުރަށް ހާމަކޮށްފައިވާގޮތުގައި ފިނޭގެ ބަނދަރު އޮންނަނީ އެ ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އޮތްނަމަވެސް ފަޅުތެރެއަށް ކޯމަސް ވަދެގެން އުޅޭ ކަމުގެ ޚަބަރު ލިބިއްޖެ ނަމަ ރަށުގެ ކުދި ބޮޑު މީހުން އެ މަންޒަރު ބަލާލަން ޖަމާވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!