ރިޕޯޓް
އާރުޑީސީއިން ތިނަދޫއަށް އިތުރު އާރޯ ކަމެއް

ރާއްޖޭގެ ދެކުނުގެ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އަދި އެންމެ ބޮޑަށް ތަރައްޤީ ވަމުން އަންނަ އެއް ރަށަކީ ހުވަދު އަތޮޅު ތިނަދޫ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ފަޅު ރަށަކަށް ހަދާފައި އޮތުމަށް ފަހު އަލުން އާބާދީ އެއް ދިރިއުޅެން ފެށިތާ ބައި ޤަރުނާ 5 އަހަރު ނުކުތް 55 އަހަރު ނިމި ދިޔަ އޮގަސްޓް 22 ފުރުން ގދ ތިނަދޫ އަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން ތަފާތު އަހައްމިއްޔަތު ކަމެއް ދީގެން ތަރައްޤީ ކުރަމުން އަންނަ ރަށެކެވެ. އެގޮތުން މާޒީވި 55 އަހަރަށް ދުރުމީ ހިންގާލާ އިރު ވެސް މިދެންނެވި އުޞޫލުން ލިބިފައިވާ ކުރިއެރުން ފާހަގަ ކޮށްލެވެއެވެ. ނިމިދިޔަ އެކިއެކި ސަރުކާރުތަކުން ކޮއްފައިވާ އިގްތިސާދީ, އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީ ފެންނަން އެބަހުއްޓެވެ.

މިއަދު މިވަނީ އަނެއްކާވެސް ތިނަދޫގެ ތަރައްޤީގެ ޗޭނަށް އިތުރު ބޮޅެއް އަމުނާ ލެވިފައެވެ. މި ސަރުކާރުގެ އާ މަޝްރޫއެއް ނިންމާލާފައެވެ. ދައުލަތުގެ އާ ކުންފުނި ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަން ، އާރް ޑީ ސީ އިން މިވަނީ އެ ކުންފުނިން ހިންގި 4.7 މިލިއަން ރުފިޔާގެ މަޝްރޫޢު ނިންމާލާފައެވެ. ގދ ތިނަދޫގެ ޗައިނާ ފްލެޓްގެ ލޭންޑް ސްކޭޕިންގ މަޝްރޫއު އެއް ހިންގާ ރަށަށް ތަރައްޤީ އާއި ތަހުޒީބުގެ އިތުރު އާރޯ ކަމެއް ގެނެސް ދީފައެވެ.

ގދ ތިނަދޫ ލޭންޑް ސްކޭޕިން މަޝްރޫއުގެ ދަށުން ފްލެޓް ސަރަހައްދުގެ މަގުތައް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 11 މާޗް 2020 ގައެވެ. މިމަޝްރޫއު 5 ސެޕްޓެމްބަރ 2021ގައި ނިންމާލެވޭނެއެވެ.

މިމަޝްރޫއުގެ ދަށުން ފްލެޓް ސަރަހައްދުގައި މަގު ބައްތި ޖެހުމާއި، ވޯޓާ ސަޕްލައި ސިސްޓަމް ގާއިމް ކުރުމާއި ފެން ހިންދާ ނިޒާމް ވަނީ ގާއިމް ކޮށްފައެވެ.

އާރު ޑީސީ އިން މައުލޫމާތު ދިން ގޮތުގައި ތިނަދޫ ގައި ހިންގި ލޭންޑް ސްކޭޕިން މަޝްރޫއުގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް އެވަނީ ނިމިފައެއެވެ. އިތުރަށް ކުރަން ޖެހޭ މަސައްކަތަކީ އެތަން ސާފު ކުރުމެވެ.

ކޮންމެއަކަސް ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަނުން އެވަނީ ސައްތައިން ސައްތަ ދިވެހިންނާއެކު ތިނަދޫ ގައި ހިންގުމަށް ސަރުކާރުން ޙާވާލު ކުރި މަސައްކަތް މިމަހުގެ 6 އަށް ނިންމާލާފައެވެ. ކޯވިޑް-19 ބަލިމަޑު ކަމުގެ ތެރޭގައި ތިބެ ޤުރުބާން ތަކެއްވެ ބުރަ މަސައްކަތެއް ނިންމާފައެވެ. ސަރުކާރުގެ ޒުވާން ކުންފުނިން އެކުރި މަސައްކަތަށް ހަމަ ސާބަސް ބުނެލަމެވެ.

ދެންއޮތީ ރަށު ކައުންސިލުން ކުޅެން ޖެހޭ ދައުރެވެ. އާރުޑީސީއިން މަސައްކަތުން އަތް ދޮވެލައި ކައުންސިލާއި ޙާވާލުކުރުމުން އެވެރިން ކުރަން ޖެހޭ މަސައްކަތެވެ. ރައްޔިތުންގެ މަސައްކަތެވެ. މަލަފެހި ކުރުމާއި ޗާލު ކުރުމެވެ. ކުލަލައި ރީތިކޮށް ބެލެހެއްޓުމެވެ. އާރުޑީސީން ގެނައި އާރޯ ކަމަށް އިތުރަށް ދިރުން ގެނެސް އެތަނަކީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ތަނެއްގެ ގޮތުގައި ހެދުމެވެ.

12000 މީހުން ދިރިއުޅޭ ތިނަދޫގައި ލޭންޑް ސްކޭޕިން މަޝްރޫޢު ހިންގި ސަރުކާރުގެ ކުންފުނި ، ރޯޑް ޑިވެލޮޕަމަންޓް ކޯރޕަރޭޝަން އަކީ ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ހިންގުންތެރި ކުންފުންޏެކެވެ. އެގޮތުން މާލެއާއި އެކު ޖުމްލަ 10 ރަށެއްގެ މަގުހެދުމުގެ މަޝްރޫއެއް މިވަގުތު ވެސް ކުރިއަށް ގެންދެއެވެ. އައްޑޫ ސިޓީ ހިތަދޫ ގައި ލޭންޑް ސްކޭޕިންގ މަޝްރޫއު ކުރިއަށް ގެންދެއެވެ. ދެން އެންމެ އަވަހަށް ފަށްޓާނީ ވެސް ތިނަދޫގެ މަޝްރޫޢު އެކެވެ.

ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތްތައް ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން އާރުޑީސީގެ ސައިޓް ހެދުމާއި މަގު ހެދުމަށް ބޭނުންވާ ސާމާނު ތައްޔާރު ކުރުމަށް ސައިޓުހެދުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މީގެއިތުރަށް އީއައިއޭ (އެންވަޔަރަމަންޓު އިމްޕެކްޓް އެސެސްމަންޓް) ހެދުމުގެ މަސައްކަތްވެސް ވަނީ ފަހާފައެވެ. މިމަޝްރޫއުގެ ދަށުން ހަދާން ހަމަޖެހިފައިވަނީ ތިނަދޫގެ 15 މަގެކެވެ.
ތިނަދޫގެ މަގުތައް ހަދަމުންދާނީ ތިނަދޫ ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް މަޝްވަރާއާއި އެކު ކަމަށް އާރު ޑީސީ އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!