ޚަބަރު
ޓެކްސީއެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެ

ޓެކްސީއަކަށް އެރި 16 އަހަރުގެ އަންހެން ކުއްޖަކަށް އެޓެކްސީގެ ޑްރައިވަރު ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެމައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީއެއްގެ ތެރޭ ޑްރައިވަރަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ވިދާޅުވިއެވެ.

Comment