ޚަބަރު
އަލިފުށީ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް އަންނަ މަހު ބީލަމަށް ހުޅުވާލަނީ

2019 ވަނަ އަހަރު ޑިސްމެބަރ މަހު އިއުލާންކޮށްފައިވާ ރ.އަލިފުށީ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު އަންނަ މަހު ބީލަމަށް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މައުސޫމްގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޓޫރިޒަމް މިނިސްޓަރ ލިޔުމުން ދެއްވި ޖަވާބު އަޑުއިއްވާފައެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އަންނަ އޮކްޓޯބަރމަހު 25 ވަނަ ދުވަހު ރ.އަލިފުށީ ފަޅުގައި 200 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލެވޭނެ ކަމަށާއި އަލިފުށީ ފަޅުން 10 ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެ ފަޅުގައި އޮންނަ އެއްތިންގިލި ވިޒިޓާސް އައިލެންޑެއްގެ ގޮތުގައި ހިމާޔަތް ކުރަން ނިންމާފައިވާކަމަށެވެ. ހަމައެއާއެކު ގިނައަދަދެއްގެ ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެންދާނެކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިމަޝްރޫއު އިއުލާންކުރިއިރު ޓޫރިޒަމް މިނިސްޓްރީން ބުނަމުން އައީ 2020 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

އަލިފުށީ ފަޅުގައި ރިސޯޓެއް ތަރައްޤީކުރަން ނިންމުމުން އެއަތޮޅުގެ އުތުރުގެ ރައްޔިތުން ހިތްހަމަޖެހިގެން ތިބިއިރު އެއަތޮޅު ދެކުނުގެ ރައޔިތުން ތިބީ ސަރުކާރާމެދު ހިތްހަމަނުޖެހިފައެވެ. ރ.އަތޮޅު ދެކުނުގައި އަޅައިދިނުމަށް މިސަރުކާރުން ވައުދުވި އެއަރޕޯޓް އަލިފުށީގައި އަޅަން ނިންމުމުން ރ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!