ޚަބަރު
އަންނަ ހަފްތާގައި އީސީގެ ރައީސަކު އައްޔަންކުރަން ނިންމައިފި

އަންނަ ހަފްތާ ނިމުމުގެ ކުރިން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސްގެ މަޤާމަށް މެމްބަރަކު އައްޔަންކުރަން ނިންމާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އެމަޤާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ގޮތުން އެކޮމިޝަނުގެ ފަސް މެމްބަރުންގެ މެދުގައި ވޯޓެއް ނެގުމަށްފަހު ރައީސަކު ހޯދަން އެކޮމިޝަނުން ވަނީ ނިންމާފައެވެ.

އީސީގެ ތަރުޖަމާނެއްގެ ގޮތުގައި މިހާރު ހުންނެވި ފުއާދު ތައުފީގް މީޑިޔާއަށް މައުލޫމާތު ދިންގޮތުގައި އަންނަ ހަފްތާ ނިމުމުގެ ކުރިން އެކޮމިޝަނަށް ރައީސަކު ހޮވާނެކަމަށާއި އެހެންނަމަވެސް ވަކި ދުވަހެއް އަދި ކަނޑައަޅާފައިނުވާކަމަށް ވިދާޅުވިއެވެ.

އީސީގެ ރައީސްގެ މަޤާމަށް އައްޔަން ކުރުމަށް އިއްޔެ ހޮވާފައިވާ ފަސްބޭފުޅުންނަކީ އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް، މުހައްމަދު އާސިފް (އިރުވައި އާސިފް)، ފުއާދު ތައުފީޤް، އަލީ ނަޝާތުގެ އިތުރުން ޑރ.މުހައްމަދު ޒާހިރެވެ.

މިފަސް ބޭފުޅުންނަކީވެސް އެކޮމިޝަނުގައި އެކިއެކި މަޤާމުތައް އަދާކޮށްފައިވާ ބޭފުޅުންނެވެ.

2018 ވަނަ އަހަރު މާރޗް 26 އިން ފެށިގެން މިދިޔަމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް އިލެކްޝަން ކޮމިޝަނުގެ ރައީސަކަށް ހުންނެވީ އަހުމަދު ޝަރީފްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!