ގދ ހޯނޑެއްދޫ އިން 2018 ވަނަ އަހަރު ދޫކޮށް ރަޖިސްޓްރީ ކޮއްފައިވާ ފްލެޓް ތަކަކީ ގޯތި ލިބިފައިވާ ބަޔަކަށް ރަޖިސްޓަރީ ކޮށްދީފައިވާ ފްލެޓް ތަކެއް ކަމަށް ބުނެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޯނޑެއްދޫ ރައީސް ޙުސައިން ވާރިޝް ވިދާޅުވީ އެ ރަށު ބަޔަކު މިއަދު ކުރަމުންދާ އިހުތިޖާޖަކީ މީގެ 2 އަހަރު ކުރިން ހޯނޑެއްދޫ އިން ފްލެޓް ދޫ ކޮއްފައި ވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކުރަމުންދާ އިހުތިޖާޖެއް ކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުން އަވަސް އަރުވާލައިގެން ފްލެޓް ތައް ދޫ ކުރި އިރު ފްލެޓް ލިބުން ބައެއް ފަރާތްތަކުގެ އަމިއްލަ ގޯތީގެ ރަޖިސްޓަރީ ބާޠިލް ނުކުރެވި ހުރި ކަމަށާއި އެހެން ކަމުން ފްލެޓް ގެ އެގްރީމެންޓް ގައި ސޮއި ކުރުމުން އެފަރާތަކަށް ގޯތި ވެސް އަދި ފްލެޓް ވެސް ލިބި ފައިވަނީ ކަމަށެވެ. އިތުރަށް ރައީސް ވާރިޝް ވިދާޅުވީ މިހާރު އެގޮތަށް ފްލެޓް ލިބި އެ ތަން ތަނުގައި ދިރިއުޅޭތާ 2 އަހަރު ވެއްޖެ ކަމަށާއި އެކަން ޙައްލު ކުރުމަށް ހައުސިންގ މިނިސްޓްރީ އަށް ވެސް ދަންނަވައިމިއަދާހަމަޔަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
ހޯނޑެއްދޫ ގެ ފްލެޓް ސަރަހައްދުގައި މިއަދު އިހުތިޖާޖު ކުރީ ހައުސިންގ މިނިސްޓްރީގެ ވަފްދެއް ހޯނޑެއްދޫ ގެ ފްލެޓް ތަކުގެ ޙާލަތު ބެއްލެވުމަށް އެ ރަށަށް ވަޑައިގަތުމުންނެވެ.
ރައީސް ހުސައިން ވާރިޝްއަށް ވެސް ވަނީ ތިބުނާ ގޮތަށް ފުލެޓެއް ލިބިފައި.ދެން ލަލާ
ހަވަރު ތިނަދޫގަ މިހާރު ރައީސްއަކަށް ހުރި ގޮތްދޫނުކުރާ ކަލޭގެ ބުނަނީ ރައީސް ޔާމިންގެ ވެރިކަމުގަ ތިނަދޫގަ ހިއްކާފަ އޮތްބިމަކުން އެމްޑީޕީ ވެރިކަމެއްގައި އެއްވެސް ބަޔަކަށް ގޯތި ދޫނުކުރާނެކަމަށެވެ. ކިތެންމެ ވަރަކަށް ހަޅޭލެވިޔަސް ޕޕއމ ދެ ތަލަބޯ ތަލައިން ދުން އަރުވައިގެން އަޑުފޮށި ފޫދަންދެން ހަޅޭލެވިޔަސް އެއްކަމެއްވެސް ވިޔަ ނުދޭނެކަމަށެވެ.