ޚަބަރު
ސްޓޭޓް އޮފް އިމަޖެންސީ ޤާއިމްކުރުމަށް ލަންކާގެ ގާނޫނުހަދާ މަޖިލިހުން ރުހުންދީފި

ސްރީލަންކާގަ ލޮކްޑައުންގެ ހާލަތުގައި އޮތް މިދަނޑިވަޅުގައި، އެޤައުމުގައި އާންމު ކާނާގެ މިންވަރު ވަރަށް ބޮޑުތަނުން ދަށަށް ދިޔުމާއި ގުޅިގެން، ކާބޯތަކެތީގެ އަގު ކުރުމަށާއި، ކާބޯތަކެއްޗަށް ބޭނުންވާ ތަކެތި މީހުން އެއްފަހަރާ ގަނެއް ހުސްކުރުން ކޮންޓްރޯލް ކުރުމަށްޓަކާ، ސްރީލަންކާގެ ރައީސް ގޮތަބަޔަރ ރާޖަޕަކްސާ އާންމުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިހުން ރުހުން ދީފިއެވެ.

ގާނޫނު ހަދާ މަޖިލިހުން ކުއްލި ނުރައްކަކުގެ ހާލަތަށް ރުހުން ދިންނަމަވެސް، ސްރީ ލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ގެންނަވަންޖެހޭ ފަދަ ހާލަތެއް ނެތްކަމަކަމަށާއި، ސަބަބަކީ ހެދިފައިހުރި އެހެން ގާނޫނުތަކުން، ކޮންމެހެން ބޭނުންވާ ތަކެތި ލިބުން ހުއްޓިގެން ދިޔަނުނީ ހަމަޖެއްސޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭތީއެވެ. އަދި އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަނަމަ، އޭގެ ބޭނުން ނުހަމަ ގޮތުގައި، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކޮށްފާނެއެވެ.

ލަންކާގެ ޤާނޫނު އަސާސީ ބުނާގޮތުން، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ކުރިން އެންގުމަކާ އަދި އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމަކާ ނުލާވެސް މީހުން ހިފާ ހައްޔަ ކުރެވެއެވެ. އަދި މީގެ އިތުރުން މީހުންގެ މުދާވެސް ހަމަ މިބީދައިން ހިފެހެއްޓޭ ގޮތަށް އޮތުމުގެ އިތުރުން ހުއްދަ ހޯދުމަކާ ނުލާ މީހުންގެ ގެދޮރަށްވެސް ވަދެ ނިކުމެ އުޅުމުގެ ބާރު ލިބިދެއެވެ.

ހަމައެފަދައިން، ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިގެން ދިއުމާއެކު، ގާނޫނުތައް ސަސްޕެންޑްކުރުމުގެ ބާރުރައީސަށް ލިބިދިނުމުގެ އިތުރުން ރައީސުލްޖުމްހޫރިއް ނެރުއްވާ އަމުރުތަކާ ގުޅޭގޮތުން ކޯޓުގައިވެސް ސުވާލެއްވެސް ނުކުރެވޭނެއެވެ. އަދި، އަމުރުފުޅުތައް ނެރުއްވާ މީހެއްގެ މައްޗަށްވެސް މިއިން އަމުރުފުޅަކާ ގުޅޭގޮތުން ދައުވާއެ އެގައުމުގައި ނުކުރެވޭނެއެވެ.

ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވަނީ، ފާއިތުވެދިޔަ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!