ދިވެހި ފިރިހެނަކު ޓިކްޓޮކްގައި އަމިއަލަ އަށް ބަރަހަނާވެ، ވީޑިއޯއެއް އާއްމުކޮށްފިއެވެ.
މިއަދެ އާންމު ކުރި އެވީޑިއޯ އަށް ގިނަ ބަޔެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލާ މީސްމީޑިއާގައި މީހުން ދަނީ ގޮވާލަމުންނެވެ.
ގިނަ ބަޔެއްގެ ސަމާލުކަން ހޯދާފައިވާ މި ދިވެހި ފިރިހެން މީހާ އާންމު ކުރި ވީޑިއޯގައި 3 މިނެޓް ހުރިއިރު، އޭނާ ހުރީ އަންހެން ހެދުމެއް ލައިގެންނެވެ.
މި މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމުގެ މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޓިކްޓޮކްގައި އެއްވެސް މީހެއްގެ ބަރަހަނާ މަންޒަރެއް އެ ޕްލެޓްފޯމްގައި އާއްމު ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ބަރަހަނާ ވީޑިއޯ އާއްމުކުރި ދިވެހި ފިރިހެން މީހާގެ އެކައުންޓް އަދި ބްލޮކް ކޮށްފައެއް ނުވެއެވެ.
އަދި ރާއްޖޭގެ ގާނޫނު ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.
ދައްކަބަލަ ބަލާލަން
ޞހޔގގވހހހ