ޚަބަރު
ވިޔަފާރި ތަކަށް އަމާޒުކޮށްގެން، ފުލުހުން ދާންދޫގައި ޕްރޮގްރާމް އެއް ކުރިއަށް ގެންގޮސްފި

ދިވެހި ފުލުހުން ގއ.ދާންދޫގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އިއްޔެ ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި އެރަށުގައި މަސައްކަތްކުރާ ފުލުހުން ވަނީ ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި، ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި، ފައިސާ ގެންގުޅުމުގައި ސާމާލުކަންދޭންވީ ކަންކަމުގެ އިތުރުން ވަގު ފައިސާއާއި ޗެކް ދެނެގަންނާނެ ގޮތްތަކާއި، ވިޔަފާރިތަކުން ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ފޮނުވުމުގެ އުސޫލު ގެންގުޅޭއިރު، އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވިޔަފާރަވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.

ރޭގަނޑު ބަންދުކޮށްފައި ހުންނައިރު  ފިހާރަ ތެރޭގައި އަލިކަމެއް ބެހެއްޓުމަށް އިރުޝާދު ދިނުމުގެ އިތުރުން އަދި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާއި، ކަމެއް ފާހަގަކުރެއްވިޖެނަމަ އެކަން ފުލުހުންނަށް ރިޕޯޓްކުރުމަށް އިރުޝާދު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި ފުލުހުން ވަނީ، މައުލޫމާތު ހިމެނޭ ކަރުދާސް ވިޔަފާރިވެރިންނަށް ދިނުމުގެ އިތުރުން ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް އަވަހަށް މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ވައިބަރ ގްރޫޕެއް އެކުލަވާލުމުގެ މަސައްކަތްވެސް ފެށިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!