މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދައިދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެމްބަރު ޔައުޤޫބް މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ފުއްދައި ދިނުމަށް ގޮވާލައި ހުށަހެޅި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މެމްބަރ ޔައުޤޫބް ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގެ ނަމުގައި ނިމިދިޔަ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި އެއްވެސް މަސައްކަތެއް ނެތްކަމަށެވެ. ނަމަވެސް މިސަރުކާރުގެ ބާކީ އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދާނެކަމުގެ ޔަގީންކަން އެބައޮތް
މީގެ އިތުރުން ބާރުތައް ހަމައެކަނި މާލެއަށް ޖަމާކޮށް، މާލެ ސަރަހައްދަށް ހުރިހާ ކަމެއް ޖަމާކުރުމުން، މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ ވަރަށް ގިނަ ހައްގުތަކެއް ނުލިބިވާކަން މެމްބަރ ޔައުޤޫބް ވަނީ ފާހަގަ ކޮށްފައެވެ.
މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި މިސަރުކާރަށް ލަސްވަނީ ކުރީ ސަރުކާރުން ކަންކޮށްފައިވާ ގޮތުން – ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ
މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ބިން ހޯދައިދީ، ފްލެޓް ދީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވާނެކަމީ ޝައްކު ކުރައްވާ ކަމެއްނޫންކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވިއެވެ.