ކޮވިޑް ބަލީގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ 70 އަށްވުރެ ގިނަ ވެންޓިލޭޓަރަށް ދިވެހި ސަރުކާރުން ފައިސާ ދެއްކުމަށްފަހު އެތަކެތި ނުލިބުމުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވަނީ 2.1 މިލިއަން ޑޮލަރު (31 މިލިއަން ދިވެހި ރުފިޔާ) ކަން ކަށަވަރުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ވެންޓިލޭޓަރު ނުލިބުމުން އޭގެ ބަދަލުގެ ގޮތުގައި ހޯދަން ނިންމާފައިވާ 31 މިލިއަން ރުފިޔާ ހޯދުމަށް މިދިޔަ މަހުގެ 10 ވަނަދުވަހު ސިޓީ ފޮނުވާފައިވާ ކަމަށާޢި، އެކަން ނިންމުމަށް 30 ދުވަހުގެ މުހުލަތެއް އެކުންފުންޏަށް ދީފައިވާ ކަމަށެވެ.
ބަދަލު ހޯދުމަށް ހުށަހެޅުމުން ހެލްތު މިނިސްޓްރީން އެދިގެން އޮޑިޓު އޮފީހުން ހާއްސަ އޮޑިޓެއްވެސް ވަނީ ހަދާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއޮޑިޓުން ލިބުނު ގެއްލުން ބަލައި ސަރުކާރުން ނިންމާފައިވަނީ 2.1 މިލިއަން ޑޮލަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ.
އެފައިސާ ދެއްކުމަށާ ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏަށް ދީފައިވާ މުއްދަތު އަންނަ ހުކުރު ދުވަހު ހަމަވާނެއެވެ. އަދި އާބިޓްރޭޝަނަށް މައްސަކަ ހުށަހެޅުމަށް ގޮތެއް ނިންމާނީ ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމައެވެ.