ޚަބަރު
ފޭކް ޕީސީއާރު ޓެސްޓްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތު!

ކޮވިޑް-19 ގެ ބަލި ޓެސްޓް ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓްގެ ނަމުގައި ރެޕިޑް ޓެސްޓް ކުރަމުންދާ ކަމުގެ ޚަބަރުތަކެއް އިވެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން މެމްބަރު ހަސަން އަފީފް ވިދާޅުވީ، ޕީއާރުސީ ޓެސްޓް ކަމަށް ބުނެ ރެޕިޑް ޓެސްޓް ހަދައިގެން ޕީސީއާރު ޓެސްޓްގެ ސެޓްފިކެޓް ދޭ ކަމުގެ ވާހަކަ އަޑުއިވޭ ކަމަށާއި، ސަރުކާރުގެ ފަރާތުން، ޚާއްސަކޮށް ހެލްތު މިނިސްޓްރީއިން މިކަން ބަލަން ޖެހޭ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ ސިއްޚީ ކަންކަން ހަރުދަނާ ކުރަން ފައިސާ ނުދީ އެހެން ކަންކަން ކުރަން ފައިސާ ޚަރަދު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

ޕީއާރުސީ ޓެސްޓް ކަމަށް ބުނެ ރެޕިޑް ޓެސްޓް ހަދައިގެން ޕީސީއާރު ޓެސްޓްގެ ސެޓްފިކެޓް ދޭ ކަމަށް ޑޮކްޓަރުންތަކެއް މަކަރު ހަދާ ކަމުގެ ވާހަކަ އަޑު އިވޭ. މި ކަންކަން ސަރުކާރުގެ ފަރާތުން، ޚާއްސަކޮށް ހެލްތު މިނިސްޓްރީ އެބަ ޖެހޭ ވަރަށް ރަނގަޅަށް ބަލަން – ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް

އަފީފް ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް ހިންގުން މިހާރަށް ވުރެ ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. ކޮވިޑްގެ ހާލަތަށް ކޮންމެހެން ބޭނުން ޖެހުނު ވެންޓިލޭޓަރުތަކެއް ގެންނަން ކަމަށް ބުނެ ހިންގި ޚިޔާނާތުގެ މައްސަލައަށް ފިޔަވަޅެއް ނޭޅި ދާތީ ވެސް އަފީފް ފާޑުވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރަން ސަރުކާރުން ވަރަށް މަސައްކަތް ކުރި ކަމަށް ވިދާޅުވެ ތައުރީފް ކުރައްވައިފައެވެ. ބައެއް މެންބަރުން ވަނީ އެ ކަން އެ ގޮތަށް ނުވާ ކަމަށް ވިދާޅުވެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ފޮނުއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!