ޚަބަރު
ހިބަރެއްގެ ތުންގަނޑު މެޔަށް ހެރިގެން ޒުވާނަކު މަރުވެއްޖެ

ބ. މާޅޮހުން ފީނަންގޮސް އުޅުނު ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ރަޝީދު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފީނަން ގޮސް އުޅުނު ޒުވާނެެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން ޒުވާނަކު މިއަދު ހަވީރު 16:10 ޖެހިއިރު އެހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި، އެޒުވާނާ ހޮސްޕިޓަލަށް ގެނައިއިރުވެސް ނިޔާވެފައިވާ ކަމަށެވެ.

“33 އަހަރުގެ ޒުވާނަކު މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މިހޮސްޕިޓަލަށް ގެނައި. އެޒުވާނާ ގެނައިއިރުވެސް ވަނީ ނިޔާވެފަ. ހިބަރުގެ ތުންގަނޑު ވަދެފައިވަނީ ޒުވާނާގެ ހިތަށް.” ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ރަޝީދު ވިދާޅުވިއެވެ.