އިންސާނާގެ ހަށިގަނޑުގައި ހިނގާ ލޭ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ފޮނުވައި ދިނުމުގައި ނުވަތަ ލޭހިނގުމުގައި ވަކި މިންވަރެއްގައި އަބަދުވެސް ހިނގަހިނގާ ހުރެއެވެ. ހަށިގަނޑުގައި ލޭހިނގުމުގެ މިންގަނޑު(ލޭގެ ޕްރެޝަރު) ހުންނަންޖެހޭ މިންވަރަށްވުރެ މަތިކޮށް ހުންނަނަމަ އެއީލޭމައްޗަށްދިއުން ކަމުގައި ބެލެވެއެވެ. ހަށިގަނޑުގައި ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.
ލޭމައްޗަށްދިއުމުގެ ފުރުޞަތު ބޮޑީ ކޮންބަޔަކަށް؟
- އާއިލާގައި ލޭމައްޗަށްދިއުން ހުންނަ މެންބަރުން ހިމެނޭ އާއިލާގެ މީހުން
- ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
- މާބަނޑު މީހުން
- ދޭތެރެދުރުކުރާ ބޭސް ބޭނުންކުރާ އަންހެނުން
- އުމުރުން 35 އަހަރަށްވުރެ ދޮށީ މީހުން
- އާދަޔާ ޚިލާފަށް ފަލަމީހުން
- އާންމުކޮށް ހެލިފެލިވެ ހަރަކާތްތެރިވެ ނޫޅޭ މީހުން
- ތެޔޮ، އަދި ލޮނު ކެއުމުގައި މާގިނައިން ބޭނުންކުރާ މީހުން
- އާދަކޮށް ބަނގުއާވި ބޯމީހުން
ލޭމައްޗަށްދިއުމަކީ ރައްކާތެރިވެވިދާނެ ބައްޔެކެވެ. ގަވާއިދުން ބޭސް ބޭނުންކުރާނަމަ ލޭގެ ޕްރެޝަރު ކޮންޓްރޯލްވެ، އެކަށޭނަ މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓޭނެ އެވެ. އަދި ނުރައްކަލެއް ކުރިމަތިވުމެއްނެތި ދިގު އުމުރެއްގައި ދެމިހުރެވިދާނެ އެވެ. ފަރުވާއާމެދު ފަރުވާ ކުޑަކޮށްފިނަމަ ހިތަށްނުގެނެވޭފަދަ ނުރައްކަލެއް ކުރިމަތިވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.