މަޢުލޫމާތު
އަނދިރިވުމުން ދިއްލޭ ގަސްތަކެއް އުފައްދައިފި

ނެނޯ ބައޯނިކް ޓެކްނޮލޮޖީ ބޭނުންކޮސްގެން ތައްޔާރުކުރެވިފައިވާ އަނދިރިވުމުން ދިއްލޭ ގަސްތަކުން، ކަރަންޓް ބޭނުންކޮށްގެން އަލިއުފައްދާ ބޮކިތައް އަވަސް މުސަތަޤްބަލެއްގައި މުޅިން އެއްކޮށް ބަދަލުކުރެވިދާނެއެވެ.

އަދިރިވުމުން ބޮކިދިއްލުމަށް ސްވިޗް ޖެއްސުމުގެ ބަދަލުގައި މަގުމަތީގައި ނުވަތަ ބަގީޗާއި އިންދާފައިވާ ގަހެއް ދިއްލިފައި ހުންނައިރު ރީތިވާނެވަރު އަންދާޒާ ކުރާމާ ހިގާށެވެ.

ރިސާޗް ޓީމަކުން ވަރަށް ކާމިޔާބުކަމާއެކު، ދިރޭގަހެއް ދިއްލިދާނެ ކަމުގެ ހުވަފެން ހަޤީޤަތަކަށް ވުމުގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކަމާއެކު ޓެސްޓް ކުރެވިއްޖެއެވެ. ވޯޓާ ކްރެސް ނަމަކަށް ކިޔާ ބާވަތުގެ ގަހެއް ބޭނުންކޮށްގެން ހެދިފައިވާ ޚާއްސަ އެކްސްޕެރިމެންޓެއްގައި ފަތަށް ޚާއްސަ ނެނޯ ޕާޓިކަލްސްތަކެއް ފަތުގެ ސެލްތަކުގެ ތެރެއަށް ފުނުވައިގެން، މި ނެނޯ ޕާޓިކަލްސް ތަކެއްއެއްކުރުމުން، މިގަހުގެ ފަތްތައް ފަނޑު އައްޔެއް 4 ގަޑި އިރަށް ގަހުގެ ވަނީ އުފައްދާފައެވެ.

މިފަދަ ޓެކްނޮލޮޖީއެއްގެ އެހީގައި، ގޭތެރޭގެ ބަގީޗާގައި ހައްދާ ގަސްތަކުން، އެއްވެސް ކަރަންޓެއް ބޭނުން ނުކޮށް، ބޭނުންވާ މިންވަރަށް އަލި އުފެއްދި ދާނެއެވެ. މަގުމަތީގައި ހައްދާ ބޮޑެތި ގަސްތަކުން، މަގުބައްތީގެ ބަދަލުގައި މަގަށް އަލިކުރުމަށް ބޭނުންކުރެވިދާއެވެ. މިފަދަ ގަހެއް އުފެއްދިއްޖެނަމަ، އެއްވެސް ކަރަންޓެއްގެ އެހީއެއް ނެތި، މަގުތައް ދިއްލައި ކަރަންޓަށް ކުރެވޭ ޚަރަދާއި، އިންޖީނުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ އަދަދު މަދުކުރެވިދާނެއެވެ.

މިރިސާރޗް ޓީމުން ފާހަގަކޮށްފައިވާގޮތުގައި، ކޮންމެ ބާވަތެއްގެ ގަހެއްގެ ފަތްތައްވެސް ކާމިޔާބުކަމާއެކު ދިއްލާލުމުގެ ކުޅަދާނަކަން، ނެނޯ ބައޯނިކް ޓެކްނޮލޮޖީއަށް ލިބިފައިވީ ނަމަވެސް، އަދިވެސް ޓެސްޓް ކުރަމުން އަންނަނީ ފަތްތަކަށް މިޓެކްނޮލޮޖީގެ އެހީގައި ގެނެވޭ އަލިކަން ގަހުގެ މުޅިއުމުރަށް އަލިކަން ނުކެނޑި ހުންނާމެފަދަ ހައްލެއް އީޖާދުކުރުމުގެ މަސައްކަތެވެ. މިފަދަ އެޑްވާންސް އާ ޓެކްނޮލޮޖީއެްގެ އެހިގައި، ގޭގެ ބަގީޗާ ތަކާއި، މަގުމަތީ ލައިޓްތައް އެއްކޮށް ބަދަލުކޮށްލެވިދާނެއެވެ.

މިއީ އެމެރިކާ ޔޫ.އެސް ޑިޕާޓްމަންޓް އޮފް އެނާޖީ އިން ފަންޑުކޮށްގެން ކުރިޔަށް ގެންދެވޭ ރިސާރޗް ޕްރޮޖެކްޓެކެވެ.

Comment