ޚަބަރު
ބިގްބޮސް-15 ގެ ބައިވެރިން ހާމަކޮށްފި

އޮކްޓޯބަރ 3 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ބިގްބޮސް 15 ގެ ބައިވެރިންގެ ނަންތައް މީޑިޔާގައި ހާމަކޮށްފިއެވެ.

ކަލާސް ޓީވީން ދައްކަމުން އަންނަ ބިގްބޮސް އޯޓޯޓީގައި މިވަގުތު ތިބި ބައިވެރިންގެ ތެރެއިން ވަނަވަނައަށް ދާ ފަރާތްތަކަށް ބިގްބޮސް 15 އަށް ހޮވާނެކަމަށް ވަނީ އަންގާފައެވެ. އެހެންކަމުން ކަރަން ޖޯހަރު ހޯސްޓުކުރާ  ބިގްބޮސް އޯޓީޓީގެ ހުރިހާ ބައިވެރިންވެސް ދަނީ ބިގްބޮސްގެ ގެއިން ޖާގަ ހޯދުމަށް ގަދައަޅާ މަސައްކަތްކުރަމުންނެވެ.

ބިގްބޮސްގެ އެހެން ސީޒަންތަކެކޭ އެއްފަދައިން މިސީޒަންގަވެސް ސެލެބްރިޓީންގެ އިތުރުން ސިޔާސީ މީހުންވެސް ފެނިގެންދާނެކަމަށް ބެލެވެއެވެ. މީޑީޔާތަކުގައި ހާމަކޮށްފައިވާ ގޮތުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައިވާ “ތުޖްސެ ހެ ރާބްތާ”ގެ އެކްޓްރެސް ރީމާ ނެއި މިފަހަރުގެ ސީޒަންގައި ފެނިގެންދާނެއެވެ.

ރީމާއަށް ބިގްބޮސް 15 އޮފާކުރުމުން ރީމާ ވަނީ އޭނަގެ ބިޒީ ޝެޑިއުލްގެ ސަބަބުން ބައިވެރިވެވެން ނެތްކަމަށް ބުނެފައެވެ. އެހެންނަމަވެސް މިދިޔަ ޖުލައިމަހު އެސީރިޔަލްގެ ޕޮޕިއުލާރިޓީ ދަށްވާން ފެށުމުން ރީމާ ވަނީ ބިގްބޮސްގެ އޮފާ ޤަބޫލުކޮށްފައެވެ.

ރީމާގެ އިތުރުން ކަލާސް ޓީވީން ދެއްކި “ނާގިން” ސީރިޔަލްއިން ބެލުންތެރުންގެ މަޤްބޫލުކަން ހޯދާފައިވާ ސުރުބީ ޗަންދްނާ، “ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ”ގަ އުޅޭ މޮހްސިން ޚާންގެ އިތުރުން އަރުޖުން ބިޖްލާނީ ފެނިގެންދާނެކަމަށް މީޑިޔާތަކުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ކަރަން ނާތް، ޒީޝާން ޚާން، އުރްފީ ޖާވިދް، މުސްކާން ޖަތަންނާ، ޕްރަތީކް ސެހެޕާލް، ނިޝާންތް ބަޓް، މިލިންދް ގަބާ، ރާގޭޝް ބަޕަޓް، އަކްޝަރާ ސިންގް، ދިވްޔާ އަގަރްވާލު، ރިދިމާ ޕަންޑިތް، ނޭޙާ ބެސިން، ޝަމިތާ ޝެއްޓީ ބިގްބޮސް 15 ގައި ހިމެނޭ ކަމުގެ ވާހަކަތައް ވަނީ ފެތުރިފައެވެ.

އަންނަމަހު ބިގްބޮސް 15 ފަށާއިރު ބިގްބޮސްގެ ޓްރެއިލާއިން ފެނިގެންދަނީ އެޝޯގެ ހޯސްޓް ސަލްމާން ޚާން ބިގްބޮސްގެ ގެ ނުފެނިގެން އުޅެނިކޮށެވެ. އެހެން ނަމަވެސް ކުރީގެ ބަތަލާ ރޭކާގެ އަޑުން ވާހަކަދައްކާ ގަހެއް މިޓްރެއިލާގައި ފެނިގެންދެއެވެ. އެގަސް ބުނާގޮތުގައި މިފަހަރު ބިގްބޮސްގެ ބައިވެރިންނަށް އެހާ ފަސޭހައިން ބިގްބޮސްގެ ގެ ނުފެންނާނެއެވެ. ބައިވެރިންނަށް އެގެޔަށް ވަދެވޭނީ ބޮޑު ޓެސްޓަކުން ފާސްވެގެން ކަމަށް އެގަސް ބުނަމުންދެއެވެ.

އަންނަމަހު 3 ވަނަ ދުވަހުން ފެށިގެން ހަފްތާގެ ހޮނިހިރު އާދީއްތަ ފިޔަވާ ހުރިހާ ރެޔަކު 10:30 ގައި ކަލާސް ޓީވީން ބިގްބޮސް 15 ދައްކާން ވަނީ ހަމަޖެހިފައެވެ. ހޮނިހިރު އާދީއްތަ ދެދުވަހަކީ ސަލްމާން ޚާން ބައިވެރިންނާ ބައްދަލުކުރާ ދުވަހެވެ. ކޮންމެ ހަފްތާއަކު ކޮންމެވެސް އެއްބައިވެރިޔަކު އެލިމިނޭޓް ކުރެވޭނެއެވެ.

މިދިޔަ އަހަރު ބިގްބޮސް 14 ކާމިޔާބުކޮށްފައިވަނީ ރުބީނާ ދިލަކްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!