ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ގދ ތިނަދޫ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އަލުން ހަދަމުންދާ އިމާރާތުގެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ގދ ތިނަދޫ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތް ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މިމަޝްރޫއުގެ ދަށުން އެހޮސްޕިޓަލްގައި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
އަދި މިމަޝްރޫއަކީ 33.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރަމުންގެންދާ މަސައްްކަތެކެވެ.