ތިނަދޫ އާބާދީ 55 ގެ ޚާއްޞަ ފުޓްބޯޅަ މެޗް އަދި އަންހެނުންގެ ބަޅެނޮންޓާ ގެ ހަރަކާތް ކުރިއަށް ގެންދަން ފަށާއިފިއެވެ.
އާންމުނަށް ހުޅުވާލައިގެން ބާއްވާ މި މެޗް މިހާރު ތިނަދޫ ބޯޅަ ދަނޑުގައި ކުރިއަށް ދާއިރު މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދުގައި އެބަތިއްބެވެ. އަދި މި މެޗުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 55 މިނެޓެވެ. އަދި މޮޅުވާ ޓީމަށް ރަމްޒީ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 55 ރުފިޔާއެވެ.
މީގެ އިތުރުން މި މެޗްގެ ލައިވް ކޮމެންޓަރީ ރާއްޖޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ފުޓްބޯޅަ ކޮމެންޓްރޭޓަރ ސާއިދު އަހުމަދު ދަނީ ދެމުންނެވެ.
ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 55 އަހަރު ފާހަގަ ކުރުމަށް ބާއްވާ ހަރަކާތްތަކުގައި ހިމެނޭ ފުޓްބޯޅަ މެޗްގައި ކުޅުމަށް ބޭނުންކުރާ ޖާޒީ ހަދިޔާ ކުރީ ތިނަދޫ ކައުންސިލުންނެވެ.އް ކަމަށެވެ.
ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށި ދުވަސް ރަސްމީ ސިފައެއްގައި ފާހަގަ ނުކުރާ 30 އަހަރު ފަހުން އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ބާއްވުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި މިއަދު ކުރިއަށް އޮތީ ޚާއްޞަ ފުޓްބޯޅަ މެޗް އަދި އަންހެނުންގެ ބަޅެނޮންޓާއެވެ. އަދި މާދަމާ ރޭ ޚާއްސަ ހަފްލާ އެއް ތިނަދޫ މިއުޒިއަމް ޕާކްގައި އޮންނަ އިރު ހޮނިހިރު ދުވަހު ޚާއްސަ ހަވީރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ތިނަދޫގެ 2 ވަނަ އާބާދީ ދުވަހަކީ އޮގަސްޓް 22 ވަނަ ދުވަހެވެ. 55 ވަނަ އާބާދީ ދުވަސް އޮގަސްޓް 22 ވަނަ ދުވަހު ފާހަގަ ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް ތިނަދޫ އިން ކޮވިޑް 19 ގެ ކޭސް ތަކެއް ފެނިގެން މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާތީ އެ ތާރީޚުގައި ވަނީ ބޭއްވޭގޮތް ނުވެފައެވެ.