ޚަބަރު
އެއްދުވަސްތެރޭ މޯލްޑިވިއަންއިން އެތައް އިސްތިއުފާއެއް

މޯލްޑިވިއަންގެ މެނޭޖްމެންޓާމެދު ހިތްހަމަނުޖެހިގެން 7 ޕައިލެޓުންނާއި އެކުންފުނީގެ ތިން ޑިޕާޓްމަންޓެއްގެ އިސްވެރިން އިސްތިއުފާ ދެއްވައިފިއެވެ.

އެގޮތުން ބަލާލާއިރު މޯލިޑިވިއަންގެ ފްލެޓް އޮޕަރޭޝަންގެ ހެޑް މުހައްމަދު ޝުނީޝީ އާއި ހެޑްއޮޕް އޮތޮރައިޒް ޓްރައިނިން، އޯގަނައިޒޭޝަން (އޭޓީއޯ) މަޤާމު ފުރުއްވަމުންދިޔަ ބޭފުޅެއްގެ އިތުރުން ފްލައިޓް އޮޕަރޭޝަންގެ ހެޑްއޮފް ޓްރައިނިން އެންޑް ސްޓޭންޑާސްގެ މަޤާމުގައި ހުންނެވި ބޭފުޅާ ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

މިއަދު އިސްތިއުފާދެއްވި މޯލްޑިވިއަންގެ އިސްމަޤާމުތަކެއް އަދާކުރަމުން އައި ތިން މުވައްޒަފުން ވިދާޅުވެފައިވަނީ މުވައްޒަފުންގެ ކަންތައްތަކާމެދު މެނޭޖްމެންޓުން ފަރުވާކުޑަކުރާ ކަމަށާއި އޭގެ ސަބަބުން ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެގޮތަށް އެކަންތައް ދިމާވެ ގިނަ ޕައިލެޓުން ދިޔުމުގެ ސަބަބުން ކަންކަން މެނޭޖްކުރަން ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމަށާއި އެބޭފުޅުންވެސް އިސްތިއުފާ ދެއްވާފައިވަނީ މޯލްޑިވިއަންގެ މެނޭޖްމެންޓުން ކަންތައް ކުރަމުން އަންނަ ގޮތާމެދު ހިތަހަމަނުޖެހިގެން ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ވަޒީފާއިން ވަކިވި މުވައްޒަފުން ބުނާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ކަނޑާލި މުސާރަތައް އެމީހުންނަށް ނުލިބޭތީ އެކަމާ ޝަކުވާކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެކަންތައް މެނޭޖްމެންޓުން ހަމަޖައްސަދީފައިނުވާތީ އިސްތިއުފާދިނީ ކަމަށް ބުނެފައިވެއެވެ.

ޕައިލެޓުންގެ އިސްތިއުފާ އާއި ގުޅިގެން ތިން ޑިޕާޓްމެންޓެއްގެ އިސްބޭފުޅުންވެސް އިސްތިއުފާ ދިނީއެވެ. މިކަމާ އެކުންފުނީގެ މުވައްޒިފުންނަށް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. މިއީ އާ ކަމެއް ނޫނެވެ. މޯލްޑިވިއަންގެ މެނޭޖްމެންޓުން ކަންތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހިގެން މިއަހަރު މާރޗްމަހުގައިވެސް  ޕައިލެޓުން ވަނީ އިހުތިޖާޖްކޮށްފައެވެ. އެހެންނަމަވެސް އެކަންތައް އަދިވެސް ރަނގަޅުނުކުރާކަމަށް ބައެއް މުވައްޒަފުންވަނީ ބުނެފައެވެ.

މިމައްސަލައާއި ގުޅިގެން މޯލްޑިވިއަންއިން ބުނަނީ ގިނަ ޕައިލެޓުން އެއްފަހަރާ ވަޒީފާއިން ވަކިވިޔަސް އެކުންފުނީގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެމުންދާނެކަމަށެވެ. އަދި ގިނަ ޕައިލެޓުން އިސްތިއުފާ ދިނީ މިހާރު ލިބޭ މުސާރަ ކުޑަވެގެން އެހެން އޮޕަރޭޓަރުން ބޮޑުމުސާރައެއް އޮފާކުރުމުން ކަމަށެވެ.

  1. ސިމާހު

    މޯލްޑިވިޔަން ވަރަށް ކަޑަ ދުވަހަކުވެސް އިމްްޕުރޫވް ނުވެ.
    ކުރިން ލިބޭ ހިދުމަޠް މިހާރު ނުލިބޭ ހުސް ވަގުން

  2. ސަލްފޭޓް

    ވަގުން