ޚަބަރު
އާބާދީ 55 ގެ ޑްރާމާ ބަލާ ކޮންމެ މީހެއްގެ ހިތަށް އަސަރެއް ކުރުވާނެ: ހާޒިފް

ތިނަދޫއަށް ދެވަނަ ފަހަރަށް މީހުން އާބާދުވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަސައްކަތަކީ “މިރަޓާ ލެބީއްކުން، ވަރިހަމައި” ނަމުގައި ތިނަދޫ ހުރިހާ ސްޓޫޑިއޯތަކާ ކައުންސިކް ގުޅިގެން އުފައްދާ ސްޓޭޖް ޑްރާމާއެކެވެ.

18މިނެޓްގެ މިޑްރާމާއާއި ބެހޭގޮތުން މަޝްހޫރު ޓިކްޓޮކް އެކްޓަރ އަދި ޑްރާމާގެ ލީޑް ރޯލް ކުޅޭ ހާޒިފް މުހައްމަދު ވިދާޅުވީ، ޑިޖިޓަލް ސްކްރީންކޮށް ދައްކަމުން ސްޓޭޖްގައި ކުޅޭ ޑްރާމާ ނުވަތަ ތަމްސީލު ނިމެންދެން ބަލައިފި ކޮންމެ މީހެއްގެ ހިތަށް ފުން އަސަރުތަކެއް ކުރާނެ ކަމަށާއި މިއީ މިހާތަނަށް ރާއްޖެއިން ކުރިން ހިގާފައޮތް ހަގީގީ ހާދިސާއެއް އޭގެ އަސްލަށް އެއްވެސް ބަދަލެއް ނުގެނެސް މިފަދަ ގޮތަކަށް ގެނެސްދޭ އެއް ތަމްސީލަށް ވާނެ ކަމަށެވެ.

“މިރަޓާ ލެބީއްކުން ވަރިހަމައި ގައި ދައްކަން ބޭނުންވިމަންޒަރުތަކަށް ފުރިހަމަކަން ގެނެސްދީ އޭގެ ހަގީގީ އިހްސާސް ކުރުމުގެ އަސްލަކީ އޭގައި ބައިވެރިވި މީހުންގެ ހުނަރު އެކަންޏެއް ނޫން. ބެކް މިއުޒިކާ ވީޑިއޯ އެޑިޓިން އަދި ކެމެރާ ކުރެވިފައިވާ ހިތްގައިމު ކަމަކީ މީގެ ހަގީގީ އަސްލު.” ހާޒިފް ވިދާޅުވިއެވެ.

ހާޒިފް އެވިދާޅުވީ ތެދެކެވެ. 35 އަށްވުރެ ގިނަ ކާސްޓުން ހިމަނައިގެން ކުޅެފައިވާ ވީޑިއޯ ސްޓޭޖް ތަމްސީލުގައވާ ބެކް މިއުޒިކް ފުރިހަމަކަމާއި އެޑިޓިން ހަމަ މޮޅީއެވެ. މިއުޒިކް އުފެއްދުމާ ރެކޯޑިން ހެދުމުގައި ރާއްޖޭޣެ އެހެނިހެން ސްޓޫޑިއޯތަކާ އެއް ހަމައެއްގައި މަސައްކަތްކުރާ “ބުންނަރު” ސްޓޫޑިއޯއިން އަބްދުލް ބާތިން ކޮށްފައިވާ މަސައްކަތަކީ މުޅި ޑްރާމާގެ ފުރިހަމަކަމޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މަންޒަރާ އަޑާ ގުޅޭ ހާލަތަށް ތައްޔާރުކޮށްފައިވާ އަސަރުން ފުރިގެންވާ ބެކް މިއުޒިކެކެވެ.

މީގެ 55 އަހަރުގެ ކުރީގެ މާޒީ ދައްކުވައިދޭ ތަމްސީލުގެ ވީޑިއޯ މަސައްކަތް ލައިވް ކާސްޓް އިން ނަގައިދިނުމުގައި ކެމެރާމަން މުހައްމަދު އަބްދުﷲ (ޗިކޫ) ގެ މަސައްކަތަށް ބަލާއިރު އެއީ ކުޅަދާނަ ކެމެރާމަނެއް ކަން ފާހަގަކޮށްލެވެއެވެ. އިވެންޓް ކާސްޓްގެ ބުރަ މަސައްކަތް މިތަމްސީލުން ފެނިގެންދާ ވީޑިއޯތަކުން ކިތަންމެހާވެސް ރަނގަޅަށް ފެނެއެވެ.

މާދަމާރޭ ތިނަދޫ މިއުޒިއަމް ޕާކުގައި ދައްކާލަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ތަމްސީލުގެ އެންމެ މުހިންމު ރޯލެއް އަދާކޮށްފައިވާ ފަރާތްތަކަކީ އޭގެ ކާސްޓުންނާއި ސްކްރީންޕްލޭ އެވެ. އެމަސައްކަތާއެކު ޖުމުލަކޮށް ހުރިހާ މަސައްކަތެއްގައި ހަރަކާތްތެރިވި ސްޓޫޑިއޯ 33 އަދި ޗައްޕަލާ ސްޓޫޑިއޯގެ ހުނަރާ ފަންނު މިތަމްސީލުގައި ކޮންމެ މަންޒަރަކުން ފެނިގެންދެއެވެ.

“މިރަޓާ ލެބީއްކުން ވަރިހަމައި” ޑްރާމާގެ ލީޑް ރޯލް ކުޅޭ ތަރިންގެ ތެރޭގައި ހާޒިފްގެ އިތުރުން ޝިހާމާ އިބްރާހިމް (ޒިރާ) އަދި ކުޑަ ކުއްޖެއްގެ ބައި އަދާކޮށްފައިވާ މޫސާ ހުސައިން ޔާސިރު ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް ކުޑަކުޑަ މޫސަގެ އެކްޓިން މޮޅުކަން އެންމެންވެސް ފާހަގަކުރެއެވެ.

މާދަމާރޭ ބާއްވާ އާބާދީ 55 ގެ ޙާއްސަ ޖަލްސާގައި މި ތަމްސީލުގެ ބެކްގްރައުންޑު ވީޑިއޯތައް ދައްކާނީ ބޮޑު ލެޑް ސްކްރީނުގައެވެ. މިއީ މިފަދަ ސްކްރީނުގައި ހުވަދު އަތޮޅުގައި ދައްކާ ފުރަތަމަ އިވެންޓެވެ.

ކޮންމެއަކަސް ތިނަދޫގެ ފަންނާނުން މިފުރިހަމަ މަސައްކަތްތައް ބެލުމަށްޓަކާ ވަރަށް ގިނަ ބަޔަކު މާދަމާރޭ ތިނަދޫ މިއުޒިއަމް ޕާކަށް ޖަމާވާނެކަން ކަށަވަރެވެ.

ތިނަދޫއަށް 2 ވަނަ ފަހަރަށް މީހުން އާބާދުވާން ފެށިދުވަސް އެންމެފަހުން ފާހަގަކޮށްފައިވަނީ މީގެ 30 އަހަރު ކުރިން 1991 ވަނަ އަހަުރ އޮގަސްޓް 22 ގައެވެ. އާބާދީ 25 ފާހަގަ ކުރުމަށް މުޅި ރަށު ރައްޔިތުންވަނީ އަމަލީގޮތުން ބައިވެރިވެ ވަރަށް ކުލަގަދަކޮށް ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.

މިފަހަރުގެ އާބާދީ ދުވަސް އޮގަސްޓް 22 ގައި ފާހަގަ ނުކުރެވި ލަސްވީ ކޮވިޑް ހާލަތާ ގުޅިގެން ރަށް މޮނިޓަރިން އަށް ލުމުންނެވެ.

  1. އިބްރާހިމު

    ތިނަދޫ އަކީ އަބަދުވެސް ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން ދާ ރަށެއް