ދީން
ލިބޭ މިންވަރަށް ބަލައިލުމެއް ނެތި ޚަރަދުކުރުމަކީ އިސްރާފްކުރުން: ހުޠުބާ

މުސްލިމުން ކައިބޮޢި އުޅެންވާނީ މާތްﷲ އެމީހުންން އެމީހުންނަށް ޙަލާލުކޮށްދެއްވާފައިވާ ތަކެތި ކަމުގައި ހުޠުބާގައި ބަޔާންކުރެއެވެ. ކާންވީތަކެއްޗާއި ނުކާންވީ ތަކެތި ބެލުމަށްފަހު، ކާންވީ މިންވަރު ބެލުމަށްވެސް ހުޠުބާގައި އިލްތިމާސްކުރެއެވެ.

ކެއިން ބުއިމުގައި އިސްލާމީ އަދަބުތަކެއް ހިމެނިފައިވާއިރު، މާތްﷲ އިސްމުފުޅު ކިޔައި ކާންފެށުމާއި، ކަނައަތުން ކައި ބޮޢު ހެދުން މުހިންމުކަން ހުޠުބާގައި ބުނެފައިވެއެވެ. އަދި ކައި ނިމުމަށްފަހު، ﷲ އަށް ހަމްދުކުރުން މުހިންމުކަމުގައި ހުޠުބާގައި ބަޔާންކޮށްފައި ވެއެވެ.

ކެއިން ބުއިމުން އިސްރާފް ނުކުރުމަށާއި، އިސްރާފްކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމުގައި ހުޠުބާގައި ބުނެފައިވެއެވެ. މިޒަމާނަށް ބަލާއިރު، ކާވެނީގެ ވަލީމާތަކާއި ތަފާތު މުނާސަބަތުތަކުގައި ބާއްވާ ޕާޓީތަކުން އިސްރާފުކުރުން ފެންނަގޮތް ގިނަވެފައިވާކަން ފާހަގަކުރަމުން، މިއީ ދީނީގޮތުން ބަލާއިރު ރަގަޅުކަމެއް ނޫންކަމަށް ހުޠުބާގައި ބުނެފައި ވެއެވެ. އަދި މިފަދަ އަމަލުތަކަކީ މާތްﷲ ދެއްވި މުދަލުން އިސްރާފުކުރުމުގެ ގޮތުގައި ހުޠުބާގައި ސިފަކޮށްފައި ވެއެވެ.

ގިނަބަޔަކު ވަލީމާތައް ބާއްވަނީ ސުންނަތް ޤާއިމްކުރުމަށް ވުރެ، އެކަކަށްވުރެ އަނެކަކު މޮޅުކަމާއި މުއްސަނދިކަމާއި، ފޯރުންތެރިކަން ދެއްކުން ކަމަށް ބުނެފައިވާއިރު، މިފަދަ ވަލީމާތަކުގެ އާޚިރު ނަތީޖާއަކަށް ވެފައިވަނީ އަމިއްލަޔަށް ދަރަނިވެރިވުންކަން ޚުޠުބާގައި ބުނެފައިވެއެވެ.

ލިބޭ މިންވަރަށް ބަލައިލުމެއް ނެތި ޚަރަދުކުރުމަކީ އިސްރާފްކުރުންކަމުގައި ވެގެންދާއިރު، މިފަދަ އަމަލުތަކަކީ ހައްދުފަހަނައަޅައި ދިޔުންކަމުގައި ޚުޠުބާގައި ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!