ޚަބަރު
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ޤައުމީ ޓީމް ގަތަރަށް ފުރައިފި

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމު ގަތަރަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފުރައިފިއެވެ.

މުބާރާތަށް ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ގަތަރުގައި ކޭމްޕް ކުރުމަށްފަހު ގައުމީ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ފާއިތުވީ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތަކެއް ކުރިޔަށް ގެންދެވިފައިވާއިރު، ގަތަރުގައި ކޭމްޕުގައި ބައިވެރިވަނީ 30 ކުޅުންތެރިންނެވެ.

ގައުމީ ޓީމް މިއަދު ގަތަރަށް ފުރާފައިވާއިރު، ޓީމުގެ ކޯޗު އަލީ ސުޒޭން ޓިމާއެކު ގަތަރަށް ފުރާފައެއް ނުވެއެވެ. މީޑިޔާތަކަށް މަޢުލޫމާޔު ދެއްވަމުން އަލީ ސުޒޭން ވިދާޅުވީ، ޓީމާއި އެއްކޮށް ނުފުރުނީ، ވަރަށް ފަހުން ކޮވިޑް19 އަށް ފައްސިވުމުން ކަމަށާއި، 14 ދުވަސް ފުރިހަމަވުމުންފުރިހަމަވެ، ކޮވިޑްގެ ބަލިމަނޑުކަމުން އަރައިގަނެވުމުން ޓީމާއީ ގުޅުމަށް ފުރާނެކަމަށެވެ. އަދި ސުޒޭން އަނބުރާ ޓީމާއި ގުޅެންދެން ޓީމްގެ އެންމެހާ ކަމެއް ބަލަހައްޓާނި، އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒް (އިންމަ) ކަމުގައި ސުޒޭން މަޢުލޫމާތު ދެއެވެ.

ގަތަރަށް ފުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އިންމަ ބުނެފައިވަނީ ކޯޗިން ސްޓާފުންގެ ދަތިތަކެއް ހުރި ނަމަވެސް، ހުރިހާ ކޯޗުންނަށްވެސް ވަރަށް ރަނގަޅަށް މުއާމަލާތް ކުރެވޭނެ ކަމަށެވެ. އަދި ގަތަރު ކޭމްޕް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނައިރު ޓީމު އޮންނާނީ ސާފް ޗެމްޕިއަންޝިޕަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށްވެސް އިންމަ ބުނެއެވެ.

ގަތަރުގައި ކުރިއަށްދާ ކޭމްޕުގައި ގައުމީ ޓީމު ޓްރެއިނިންގ 3 މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އިންމަ ބުނީ ގަތަރު ކޭމްޕުގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅުމަށް މިހާރު އެދިފައިވާ ކަމަށެވެ. އަދި އެ މެޗުގެ އިތުރުން ގަތަރުގެ ދެ ޓީމަކާ ދެކޮޅަށްވެސް މެޗުތައް ކުޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!