ޚަބަރު
އާބާދީ 55 ގެ ޚާއްޞަ ޖަލްސާ މިރޭ ގދތިނަދޫ މިއުޒިއަމް ޕާކުގައި އޮންނާނެ

ގދ ތިނަދޫ ގައި 2 ވަނަ ފަހަރަށް މީހުން އާބާދު ވާން ފެށިތާ 55 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވާ “އާބާދީ 55” ގެ ޚާއްޞަ ޖަލްސާ މިރޭ ތިނަދޫ މިއުޒިއަމް ޕާކުގައި އޮންނާނެއެވެ.

މިރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ ގައި 1966 ވަނަ އަހަރުން ފެށިގެން ތިނަދޫ އަށް ޚިދުމަތް ކުރެއްވި ޚާއްޞަ ފަރާތްތަކަށް އެ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލު ކުރެއްވުމަށް ހަމަޖެހިފައިވެއްވެ. އޭގެ އިތުރުން 1966 ވަނަގެ އޮގަސްޓް މަހުގެ ތެރޭގައި ތިނަދޫ ގައި މީހުން އާބާދު ވާން ފެށިގޮތާ މިއަދާ ހަމައަށް ތިނަދޫ ވާސިލުވި ގޮތް ދައްކައިދޭ ސްޓޭޖް ތަމްސީލު “މި ރަޓާ ލެބީއްކުުން ވަރިހަމައި” ހުށަހެޅުމަށް ހަމަޖެހިފައިވަނީވެސް މިރޭގެ ޖަލްސާ ގައެވެ.

ކުރިން އޮގަސްޓް 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އާބާދީ 55 ފާހަގަ ކުރުން ކޯވިޑް-19 ގެ ޙާލަތާ ގުޅިގެން ވަނީ އިއްޔެގެ ތާރީޚަށް ފަސްކުރެވިފައެވެ. ދުވަހާ ބައެއް ޙާލަތްތައް އިއްޔެ ފެށި އިރު ޚާއްޞަ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ މިއުޒިއަމް ޕާކު ވަނީ ވަރަށް ބޮޑަށް މަރާމާތްކޮށްފައެވެ. އެގޮތުން އެތަނުގައި ހަދާފައިވާ ވޯޓަރ ޕާކާއި ކުޑަކުދިންގެ ޕާކުގެ އިތުރުން ހަލާކުވެފައިވާ ގޮނޑި ތަކާއި ބޮކިތައް ވަނީ ހަދާފައެވެ.

ތިނަދޫ ކައުނަސިލްގެ ފަރާތުން ބޮޑު ހޭދައެއް ކޮށްގެން ތިނަދޫގެ އާބާދީ 55 ފާހަގަ ކުރަމުންދާއިރު މި ހަރަކާތްތަކުގައި ބައިވެރިވުމަށް ސަރުކާރުގެ އިސް މަޤާމް ތަކުގައި ތިއްބެވި ތިނަދޫ އަށް ނިސްބަތްވާ ގިނަ ފަރާތްތަކަކާއި ދައުވަތު ދެއްވައިގެން ގިނަ މެހެމާނުންނާ ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!