ރިޕޯޓް
މީސްމީޑިޔާގައި ފޭކް އެކައުންޓްތައް ބޭނުންކުރާ ފަރާތްތައް ވިސްނާލުން މުހިންމު

ސިޔާސީ ތަފާތު ބޭނުންތަކަށާއި، ބައެއް ޒާތީ ތަޢައަސުބްތަކަށް މީސްމީޑިޔާގައި ފޭކް އެކައުންޓް ހަދައިގެން މީހުންގެ އަބުރު ކަތިލައި، މުޖުތަމަޢު ފަސާދަކޮށް ދޭދޭ ފަރުދުންގެ ގުޅުމަށް ބުރޫ އަރުވަން މަސައްކަތް ކުރުން ދިވެހި މުޖުތަމަޢުގައި މިފަހަކަށް އައިސް އާންމު ވެފައެވެ.

މީސް މީޑިޔާގައި ފޭކް އެކައުންޓްތައް ގެންގުޅޭ ފަރާތްތަކުން ވިސްނާލުން މުހިންމު ބައެއްކަންކަން މިލިޔުމުގައި ހިމަނާލަމެވެ.

ސިޔާސީ ބޭނުންތަކަށް، ފޭކު އައިޑީ ބޭނުން ކުރުން

ސިޔާސީ ފަރާތްތަކުން ޚަރަދުކޮށްގެން މީހުންގެ އަބުރުކަތިލުމަށް ތަފާތު ފަރާތްތަކަށް ފައިސާ ދީގެންވެސް ފޭކް އައިޑީތަށް ހިންގައެވެ. މިފަދަ ފޭކު އައިޑީ ބޭނުން ކުރާ މައިގަނޑު ސަބަބަކީ، ދޮގު ވާހަކަ ދެއްކުމާއި، ދޮގު ޚަބަރު ފެތުރުމާއި، މީހުންގެ އަބުރު ކަތިލާއިރު، އެކަން އެ ކުރަނީ ކާކުކަން ސިއްރު ކުރުމަށެވެ. ނަމަވެސް އެއްވެސް އަމަލެއް ސިއްރު ނުކުރެވޭނެ ފަރާތެއް ވާކަން ހަނދާން ނައްތާނުލާށެވެ. ނަމަވެސް އަހަރަމެންނަކީ އިންސާނުންނަށް ވުމުން، ފޭކް އައިޑީ ބޭނުންކުރަން އަހަރަމެން މޮޅުވާފަދައިން، ފޭކް އައިޑީ ބޭނުންކުރާ ފަރާތްތަތްވެސް ކޮންމެވެސް ހިސާބަކުން އެނގެއެވެ. އަދި ފޭކު އައިޑީ ބޭނުންކުރާ ފަރާތުން އަމިއްލަޔަށް ހެދޭ ޅައެއްޗެހިންވެސް އެމީހާ މުޅި ދުނިޔެއަށް ބޭޒާރުވެގެން ދެއެވެ.

ފޭކު އައިޑީއެއްގެ ބޭނުމެއް ޖެހޭ ސަބަބަކީ ކޮބާ؟

ތިމާއަކީ ކާކުކަން ނޭނގޭ ގޮތަށް ވަގު އައިޑީއެއް ބޭނުންކުރަން ޖެހެނީ ކީއްވެތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލަމާތޯއެވެ؟ ވަކި މީހަކު ނޭނގޭހެން ފަރުދާއެއްގެ ފުރަގަހުގައި ފޮރުވިގެން ހުރެ އެހެން މީހުންނަށް ކާކުކަން ނޭނގޭ ގޮތަށް ހަމަލާ ދިނުމަކީ ފިނޑިންގެ ތެރެއިންވެސް އެންމެ ބޮޑު ފިނޑިންގެ ސިފައެކެވެ. ކަމަކަށް ރައްދު ދޭން ބޭނުން ނަމަ، ނުވަތަ މީހަކު ކަންކުރާގޮތް ގޯސްކަން ހާމަކޮށް ހަޤީޤަތް ހާމަކުރާ ކޮންމެ މީހަކީ ވަރަށްވެސް ހިތްވަރުގަދަ  މީހެކެވެ. މިފަދަ ސިފަތަކަކީ، ހިތްވަރުގަދަ، ކެރޭ މީހުންގެ ސިފައެކެވެ. ފޭކް އެކައުންޓް ހަދައިގެން ފިލައިގެން ހުރެ މީހުންނަށް އެތިގޮވުމަކީ، ތިމާއަކީ ފިނޑިއެއް ކަމުގައި އަމިއްލަޔަށް ޤަބޫލުކުރުމެވެ.

ނެތިމޮށުމަކީ، އިސްލާމް ދީނުގައި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް

ފަރުދާގެ ފުރަގަހުގައި ފޮރުވިގެންތިބެ، ތިބާގެ އަޚާގެ އުނިސިފަތަށް ހާމަކޮށް، ފުރައްސަރަކުރާ މީހާއަށް އެކުރެވެނީ، ހުތުރުކަން ބޮޑުވެގެންވާ ނުބައި އަމަލެކެވެ. މުޖުތަމަޢު ފަސާދަކުރުމަކީ، މިފަދަ މީހުންގެ މަޤްސަދެވެ. މީސްމީޑިޔާގައި ފޭކް އެކައުންޓް ހަދައިގެން، އެހެން މީހުންނަށް ފުރައްސާރަކޮށް ނެތި މޮށޭ މީހުންނަކީ، މާ ރަނގަޅު މީހުންގެ ސިފަ ބޭރުފުށުން ދައްކައިގެން އެތެރެފުށް މިނިކާ ސިންގާއެއް ފަދަ ބައެކެވެ. މިފަދަ މީހުންނަށް ނޭނގި ނަމަވެސް އެކެވެނީ، އަޚާގެ މުޅަމަސަކަން ފަހަރެއްގައިވެސް މިބައިމީހުންނަށް ނޭނގެއެވެ. ތިބާ ހެޔޮ އަމަލެއް ނުކުރެވޭ ހާލު، ކުރެވިފައިވާ މަދު ހެޔޮ އަމަލުތަކުގެ ދަރުމަޔާއި ސަވާބުވެސް ދުއްވާލަނީ ހެއްޔެވެ؟

ހަސަދަވެރިކަމަކީ ހިތަށް ޖެހޭ ބައްޔެއް

ހަސަދަވެރިކަމީ، ހިތަތަކުގެ ސާފުތާހިރުކަން ކިލަނބު ކޮށްލާ، މުޅި ހިތް ހިލަގަނޑަކަށް ހަދަލާ ބައްޔެކެވެ. އަމިއްލަޔަށް ރަނގަޅުގޮތް އެދޭފަދައިން، ތިބާގެ އަޚާޔަށްވެސް ހެޔޮ ގޮތް ވުމަށް އެދޭށެވެ. ހަސަދަވެރިވުމަކީ އޭގެ ސަބަބުން އެމީހެއްގެ ހުރިހާ ހެޔޮއަމަލެއް ނެތިކޮށްލާ ކަމެކެވެ. މިބައްޔަށް ފަރުވާ ނުހޯދައިފި ނަމަ، މުޅިދުނިޔެއަށް އަމިއްލަޔަށް ފަޟީހަތްވެ، އަބުރާއި އިއްޒަތް ފަޅި ސިކުންތެއްގެ ތެރޭގައި ނެތި ހިގައި ދާނެއެވެ.

އެކަކު އަނެކަކަށް އަޅާކިޔުމެއް ނެތް

މާތްﷲ އެންމެ ރިވެތި ސޫރާގައި އިންސާނުން ހައްދަވާފައިވާއިރު، ލިބިފައިވާ ރީތި ބުރަ ސޫރައަކަށް ނުވަތަ ލިބިފައިވާ މޮޅަކަށް ފަޚުރުވެރި ނުވާށެވެ. އެކަކު އަނެކަކަށް އަޅާކިޔާނަމަ، އެކަކަށްވުރެ އަނެކަކު ހެޔޮ އަމަލުކުރުން ގިނަކުރާށެވެ. މާތްﷲ އިރާއި ހަނދު ޚަލްޤު ކުރައްވާފައި ވާއިރު، އަހަރަމެންނަށް އިރާއި، ހަނދު އަޅާ ނުކިޔޭނެއެވެ. އިރާއި ހަނދަކީވެސް، އިންސާނުންގެ ދިރިއުޅުމުގައި މުހިންމު ވާޖިބެއް އަދާކުރާ ދެ އެއްޗެކެވެ. ހަމަ މިބީދައިން ކޮންމެ އިންސާނަކީވެސް ތަފާތު މީހެކެވެ.

އޮރެންޖާއި އާފަލަކީ، އަހަރަމެންގެ ހަށިގަނޑަށް ފާއިދާ ލިބޭ ތަފާތު މާއްދާ އެކުލެވޭ ނުހަނު ބޭނުންތެރި ދެ މޭވާއެކެވެ. އަހަރަމެން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އޮރެންޖް އާފަލަކަށް ނެހެދޭނެއެވެ. ހަމަ މިބީދައިން އަހަރަމެން ކިތަންމެ މަސައްކަތް ކުރި ނަމަވެސް އާފަލުވެސް އޮރެންޖަކަށް ނެހެދޭނެއެވެ. މަސްނުބޭނުނީމާ، ކަނޑު ގޮސްވާ އުސޫލު ދޫކޮށްލައި ހަޤީޤަތް ގަބޫލުކުރަން އަހަރަމެން ދަސްކުރަން ޖެހެއެވެ.

އޮރެންޖް އާފަލުގެ ގޮތުގައި ވިއްކަން މަސައްކަތް ކުރުމުގެ ބަދަލުގައި ދަނޑުވެރިޔާއަށް ލާބަޔާއި ފައިދާ އިތުރުވާނީ، އޮރެންޖް އޮރެންޖުގެ ގޮތަގައި ވިއްކުމުންނެވެ. އޮރެންޖް ނުވިކުމުން، ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކާ އެންމެނަށް ނެތި ނުބައި ގޮވުމަކުން އަދި އޮރެންޖް ނުވިކެއެވެ. އަދި ވިއްކާ ބާޒާރު ހަލާކުކޮށްލުމަކުންވެސް، އޮރެންޖެއް ނުވިކެއެވެ.

ސޯޝަލް މީޑިޔާގައި، ފޭކް އެކައުންޓް ހަދައިގެން މީހުންނަށް ނެތި ނުބައި ގޮވާ މީހުންގެ ކަންތައްވެސް ހުރީ ގެނެވުނު މިސާލު ފަދައިންނެވެ. އެކަން ކުރަނީ ކޮންމެވެސް އަމިއްލަ ފައިދާއެއް ނުވަތަ މީހަކު ރީލޯޑެއް ކޮށްލުމުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައެވެ. މިފަދަ މީހުން އަމިއްލަ އަބިދަރިން ވިއްކައި ކާންވެސް ފަސް ނުޖެހޭނެއެވެ.

މީހުންގެ އަބުރަށް އަރައިގަނެ، ނެތި މޮށުމުގެ ހުތުރު އަމަލުތައް ކުރާއިރު، ތިބާއަކީ ކާކުކަން އެހެން ފަރާތަކަށް ނޭނގުނު ނަމަވެސް، ތިބާއާއި ހެއްދެވި ފަރާތަށް އެކަން އެނގެއެވެ. އަޚާގެ މަރުވެފައިވާ ހަށިގަނޑު ކުނިވެ ފުޅައަޅާފައިވާ އިރު، އަޚާގެ މަސްކެއުމަށް ފަހު، އެއަޚާއާއި، އެއް މޭޒެއްގައި ހިނިތުންވެފައި އިދެ ވާހަކަ ދައްކާއިރު، ތިބާ ހެއްދެވި ފަރާތް ބައްލަވައި ވޮޑިގެންވާގަން ހަނދުމަ ނެތީހެއްޔެވެ. ހެއްދެވި ފަރާތަށް ބިރުވެތިވާށެވެ. ބަދު ބަސްތަކުން، އަޚާގެ ހިތް ކުދިކުދިކޮށްލާ މީހަކަށް ނުވެ، ހޮޔު ބަސް ބުނެގެން، އަޚާއަށް ތެދު މަގުދައްކައިދޭ މީހަކަށް ވުމަށް ތިބާ އަޒުމް ކަނޑައަޅާށެވެ. މަރު އައިސް ބައްދަލުކުރާ ހިނދު، ދާންޖެހެނީ ހުސްއަތާއެވެ. އެއްކުރިހާ ފައިސާއަކާއި، ބާރުވެރިކަމެއް ނުގެންދެވެއެވެ. މަރުވުމަށްފަހު، ހަމައެކަނި ތިބާޔާއި އެކުގައިވާ އެއްޗަކީ ކޮށްފައިވާ ހެޔޮ އަމަލަކާއި، އޭގެ ހެޔޮ ޖަޒާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!