ޚަބަރު
މިއަދު ވެރިކަމުގައި ރައީސް ޔާމީން ހުންނެވި ނަމަ ދިވެހި އިގްތިސާދު ދާނީ ކުރިއަށް: ޣައްސާން

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ވެރިކަމުގައި ހުންނެވިނަމަ ދިވެހި އިގްތިސާދުދާނީ ކުރިއަށް ކަމަށާއި ރައްޔިތުންނަށް ތަނަވަސްކަންމަތީ އުޅެވޭނެ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ރައީސް ޔާމީން މިއަދު ވެރިކަމުގައި ހުންނެވިނަމަ 2019 ވަނަ އަހަރު ކަނޑައެޅިފައިވާ ގޮތަށް ހިޔާފްލެޓްތައް ނިންމަވާ އޭގެ ހައްގުވެރިންނާ ހަވާލުކޮށް އެތަނުގައި ދިރިއުޅެން ފެށުނީސް ކަމަށެވެ. އަދި 2019 ވަނަ އަހަރު ސަލްމާން މިސްކިތްވެސް ހުރީހީ ނިމިފައިކަމަށާއި މާލެ ތިލަމާލެ ބްރިޖްގެ ތަނބުތައް ހުރީހީ ފެންމައްޗަށް އަރާފައި ކަމަށެވެ. ހަމައެހެންމެ އައްޑޫގައި އަޅަން ރައީސް ޔާމީން ވައުދުވެ ވަޑައިގެންނެވި ބްރިޖްގެ މަސައްކަތްވެސް މިއަދު ހުންނާނީ ފެންނަންކަމަށާއ  އައިހެވެންގެ ބިޔަ ޕްރޮޖެކްޓްވެސް ދާނީ ހިނގަމުން ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން މިފެންނަނީ ނާއުއްމީދުވެ، އިގްތިސާދު ފުނޑުފުނޑުވެ،އެތައް ހާސް ރައްޔިތުންގެ ވަޒީފާ ގެއްލި ދުވަހުންދުވަހަށް ޚަރަދު ދެކޮޅު ނުޖެހިގެން ބިކަވެގްނަ އުޅޭތަންކަމަށެވެ. ފެންނަމުންދަނީ ޜާއްޖޭގެ މިނިވަންކަމާ ސިޔާދަތާ އިސްތިގްލާލު ނަގާލުމުގެ މަސައްކަތް ވެރިކަމުގެ ފަރާތުން ކުރަމުންދާތަން ކަމަށެވެ. ރާއްޖޭގައި އިސްލާމްދީނަށް ގޮންޖަހާ ބަޔަކަށް ޖާގަދީގެން މަސައްކަތް ކުރަމުންދާތަން ފެންނަމުންދާ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ދިވެހިރާއްޖެ މިޙަލަތަށް ވެއްޓުނީ ކީއްވެތޯ ރައްޔިތުން މިއަދު ވިސްނާލަން ޖެހޭކަން ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ދުވަސްތަކެއް ކުރިން ގައުމާއި ރައްޔިތުންނަށް ކޮންމެފަދަ ގޮތެއްވިޔަސް ހެޔޮކަމަށް މަސައްކަތް ކުރަންފެށި ބަޔަކު އުޅުނު ކަމަށެވެ. އެމީހުން ނޮވެމްބަރު3 ގައި ވެރިކަމުގެ ދަހިވެތި ކަމުގައި 19 ދިވެހިން ޝަހީދު ކޮށްލީ ކަމަށާއި ނަމަވެސް މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން އެމީހުން މަސައްކަތް ކުރަމުންއައި ވައްޓަފާޅި ބަދަލުކޮށްލުމަށްފަހު  އަމާޒުކުރީ މީހުންގެ ސިކުޑިއާ ކުޅެލުމަށް ކަމަށެވެ. އަދި  އެމީހުން ބޭނުންކުރާ ބަސްތަކުގެ ތެރެއިން ފާހަގަކުރެވުނު އެއްބަހަކީ “އިންސާފު”ކަމަށެވެ.

“އިންސާފަކީ އަނިޔާގެއިދިކޮޅު. ކަންކަން ކުރުމުގައި ބަހައްޓަންވީ ގޮތް. އަދުލު. ފަނޑިޔާރުން ވަގަށް ނަގާ ކޯޓުތަކުގައި ތަޅުއެޅުވުން އެއީ އިންސާފުތޯ؟ އިސްލާމްދީނަށް ގޮންޖަހާ ދިވެހި ގައުމުގެ އެކިތަންތާ ބުދު ބެހެއްޓުންއެއީ އިންސާފުތޯ؟ ިޔާމީން ރަޝީދާއި ރިޟްވާންގެ މައްސަލަ އެންމެ ދުވަހަކުން ހައްލު ކުރާނަމޭ ބުނެ ދޮގުހަދައިގެން ވެރިކަމަށް އައިސް 3 އަހަރާ ކައިރިވާންދާއިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟ ދިވެހި އިގްތިސާދު ނަގާ ކޮއްޅަށްޖަހާ ރައްޔިތުންނަށް ޑޮލަރުން ފައިސާ ލިބޭނެއޭބުނެ ގޭ ކުރިމަތީ ފެކްޓްރީތައް އަޅާނަމޭ ބުނެގެން އޮޅުވާލައިގެން އައިސް ރައްޔިތުން އަނގަޔާ އަތާ ދިމާނުވެ ބަނޑުފުރާނަ މުއްތިކުރެވޭނެ މިންވަރު ނެތް އިރު އަޅާނުލާ ތިބުމަކީ އިންސާފުތޯ؟

ރައީސް ޔާމީނަކީ ގައުމަށް ވަފާތެރި ދީން ހިމާޔަތްކުރައްވާ ދިވެހިރާއްޖޭގެ މިނިވަންކަން ނަގަހައްޓަވާ ރައްޔިތުންނާއެކު މަސައްކަތްކުރައްވާ ހިތްވަރުގަދަ ލީޑަރެއް ޒުވާނުންގެ ބަހުރުވައިން ނަމަ ގަޓު ރައީސެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީން މަސައްކަތްކުރެއްވީ ދިވެހިންގެ ޤައުމިއްޔަތާއި، ދިވެހިންގެ ދީނާއި، ސިޔާދަތު ރައްކާތެރި ކޮށްދެއްވުމަށް ކަމަށާއި ރައީސް ޔާމީންނަށް ނުހައްގުން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ދިވެހި ރައްޔިތުން ތެދުވަނީ އެމަނިކުފާނު ޤައުމަށާއި، ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ ސަބަބުންކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ޤައުމަށް ހެޔޮގޮތްއް ހޯދައި ދިނުމަށް ކަމަށާއި، ރައީސް ޔާމީނަށް ނުހައްގު އަނިޔާދޭތީ އުދަގޫވަނީ ހަމައެކަނި ޕީޕީއެމްގެ މެމްބަރުންނަށް ނޫންކަމަށާއި ރައްޔިތުންނަށް މިޙާލަތު ކުރިމަތިވެފައިވަނީ ސަރުކާރުން މިއަދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުންކަމަށް ޣައްސާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!