ޚަބަރު
އާބާދީ55: ސިޓީ މޭޔަރުންނާއި ކައުންސިލް ތަކުގެ ރައީސުންނާއި ތިނަދޫ ކައުންސިލުން ބައްދަލުކުރައްވާއިފި

ތިނަދޫ ދެވަނަ ފަހަރަށް އަބާދުވިތާ 55 އަހަރު ފާހަގަ ކުރުމަށް ބާއްވާ “އާބާދީ 55” ގެ ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ދައުވަތު ދީގެން ވަޑައިގެންނެވި މޭޔަރުންނާއި ކައުންސިލް ތަކުގެ ރައީސުންނާއި ތިނަދޫ ކައުންސިލުން ބައްދަލު ކުރައްވާއިފިއެވެ.

މިއަދު ތިނަދޫ ކައުނަސިލް އިދާރާގެ މީޓިންގ ރޫމްގައި ބޭއްވި ބައްދަލުވުމުގައި އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު އާއި ކުޅުދުއްފުށީ ސިޓީ މޭޔަރ ގެ އިތުރުން ގދ އާއި ގއ ބައެއް ރައީސުންނާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ އާއި މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންނަވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލްތައް ހިންގުމުގައި ހުރި ދަތިތަކާއި މިހާރު ކުރެވިފައިވާ މަސައްކަތްތައް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ގިނަ އިރު ތަކެއް ވަންދެން ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު ގައި ހުރި ދަތިތަކަށް ޙައްލު ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން އާމްދަނީ ލިބުމާއި ދައުލަތުން ދޭ ބަޖެޓް ހަމަހަމަ އުސޫލުން މެނޭޖް ކުރެވޭނެ ގޮތެއް ހާސިލު ކުރުމަށް ސަރުކާރާއި އެކު މަޝްވަރާ ކުރުން މުހިންމު ކަމަށް ފާހަގަކޮށް އެމަސައްކަތް ކުރެވެން އޮތް ގޮތް ބަލާ އެކަމަށް ޙައްލު ހޯދަން އިތުރަށް މަސައްކަތް ކުރުމަށް ވެސް މި ބައްދަލުވުމުގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވިއެވެ.

ތިނަދޫ ދެވަނަ ފަހަރަށް އަބާދުވިތާ 55 އަހަރު ފާހަގަ ކުރުމަށް ބާއްވާ “އާބާދީ 55” ގެ ޚާއްޞަ ރަސްމިއްޔާތު މިރޭ ތިނަދޫ މިއުޒިއަމް ޕާރކްގައި އޮންނައިރު، ގިނަ ބަޔަކު ވަނީ ތިނަދޫ އަށް ވަޑައިގެންފައެވެ. އެގޮތުން ޖެންޑަރ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ޙަސަން އާއި މިނިސްޓްރީ އޮފް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓާރ އަހުމަދުﷲ ޖަމީލް ގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ މޭޔަރުން ވަނީ ތިނަދޫ އަށް ވަޑައިގެންފައެވެ.

މިރޭ ބާއްވާ ތިނަދޫ އާބާދީ 55 ގެ ޚާއްޞަ ޖަލްސާގައި ބައިވެރިވުމަށް ތިނަދޫ ކައުންސިލުންވަނީ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!