ޚަބަރު
ލަންކާގެ އަންހެނުން މާބަނޑު ނުވުމަށް ސަރުކާރުން އެދިއްޖެ

ލަންކާއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ނުރައްކާތެރި ހާލާތުގައި ލަންކާ އަންހެނުން ބަނޑުބޮޑު ނުވުމަށް ލަންކާގެ ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިފަދަ އިލްތިމާސެއް ލަންކާ ސަރުކާރުގެ ފަރާތުން ކޮއްފައި ވާއިރު، ފާއިތުވީ ހަތަރު މަސްދުވަހުގެ ތެރޭގައި މާބަނޑު 40 އަށް ވުރެ ގިނަ އަންހެނުން ކޮވިޑް ބަލީގައި މަރުވެފައި ވެއެވެ. ލަންކާގެ ހެލްތު މިނިސްޓްރީން މިފަދަ އިލްތިމާސެއް ކޮށްފައިވާ މިދަނޑިވަޅުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ކަމުގައިވާ، ހަރްޝާ އަޓަޕައްޓު ވެސް ވަނީ އަލަށް ކައިވެނި ކުރާ މީހުންނާއި، ދަރިއަކު ހޯދަން މަސައްކަތް ކުރާ މީހުން ވެސް މަދުވެގެން އެއް އަހަރު ވަންދެން މާބަނޑުވުން ފަސް ކުރަން އެދިފައެވެ. މިފަދަ އިލްތިމާސެއް ސަރުކާރުގެ ފަރާތުންނާއި، ޚާއްސަ ފަންނީ މާހިރު އެދެން މަޖްބޫރުވީ، މާބަނޑު އަންހެނުންނަށް މާބަނޑު ދުވަސްވަރު ކޮވިޑްގެ ނުރައްކާ ބޮޑުވެފައި ވުމުންނެވެ.

ލަންކާ ސަރުކާރުގެ ހެލްތް ޕްރޮމޯޝަން ބިއުރޯގެ ޑިރެކްޓަރ ޗިޓްރަމާލީ ޑި ސިލްވާ ވިދާޅުވެފައިވާ ގޮތުގައި ލަންކާގައި އާންމުކޮށް އަހަރެއްގެ މައްޗަށް މާބަނޑު މީހުން މަރުވާ އަދަދު އުޅެނީ 90 އާއި 100 އާ ދެމެދުއެވެ. ނަމަވެސް ކޮވިޑްގެ ތިން ވަނަ ރާޅާއެކު ހަމައެކަނި ކޮވިޑްގައި 41 މާބަނޑު މީހުން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑި ސިލްވާ ވިދާޅުވީ، މިހާތަނަށް ލަންކާގައި 5500 މާބަނޑު މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، އޭގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނެވެ. ލަންކާގެ ސިއްހީ ދާއިރާގެ އޮފިޝަލުން ބުނާ ގޮތުގައި ލަންކާގައި މިހާރު ފެތުރެމުންދާ ޑެލްޓާ ވޭރިއަންޓުން މާބަނޑު މީހުންނަށް އޮތް ނުރައްކާ ބޮޑެވެ. އެހެންކަމުން ސިއހްީ ތަޖުރިބާކާރުން ގެންދަވަނީ މާބަނޑު މީހުން ވީ އެންމެ އަވަހަކަށް ކޮވިޑް ވެކްސިން ޖެހުމަސް އިލްތިމާސް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!