ޚަބަރު
މެކްޑޮނަލްޑްއިން ވެޖެޓޭރިއަން ބާގަރއެއް ތައާރަފްކޮށްފި

މެކްޑޮނަލްޑްއިން ވެޖިޓޭރިއަނުންނަށް ޚާއްސަކޮށްގެން މެކްޕްލާންޓް ބާގަރއެއް ތައާރަފްކޮށްފިއެވެ.

ވެޖެޓޭރިއަންއަށް ހާއްސަ “ބިޔޯންޑް މީޓް” ބޭޏުންކޮށްގެން ހަދާފައިވާ މިބާގަރ އަކީ “ވީގަން” ބާގަރެކެވެ. ސިއްޚަތަށް ފައިދާ ހުރި ގޮތަށް މަސްޓަޑް، ވީގަން ސްޕެޝަލް ސޯސް، ފިޔާ، ލެޓިއުސް، ޓޮމާޓޯ އަދި ވީގަން ޗީޒް އަޅައިގެން ހަދާފައިމިވާ ބާގަރ ސެޕްޓެމްބަރ 29 ވަނަދުވަހުން ފެށިގެން ޔޫކޭ އަދި އަޔަލެންޑްގެ މެކްޑޮނަލްޑްގެ އައުޓްލެޓްތަކުން ލިބެން ހުންނާނެ ކަމަށް މެޑޮނަލްޑްއިން ބުނެފިއެވެ.

ޔޫކޭގެ 10 އައުޓްލެޓަކަށް މި ބާގަރ ތލިބެން ހުންނައިރު އޮކްޓޯބަރުމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، އިތުރު 250 ތަނަކުން ވީގަން ބާގަރ ލިބޭން ހުންނާނެ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މެކްޑޮނަލްޑްއިން ބިޔޯންޑް މީޓްއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވާއިރު، މި އެއްބަސްވުމުގެ ތެރެއިން މެކްޕްލާންޓްގެ ފުޑް ޗެއިން އިތުރަށް ފުޅާ ކުރުމަށް މަސައްކަތް ކުރާނެއެވެ.

މެކްޑޮނަލްޑްއިން ވެޖިޓޭރިއަނުންނަށް ހާއްސަކޮށް ބާގަރ ކިންގް ފަދަ ވިޔަފާރިތަކުން ގިނަ އުފެއްދުންތައް އަންނަނީ ތައާރަފްކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!