ޚަބަރު
މުޅި ރާއްޖޭގައި ހުމާއި ރޯގާ އިތުރުވަމުންދާކަމަށް އެޗްޕީއޭއިން ހާމަކޮށްފި

ފަހަކަށް އައިސް މުޅި ރާއްޖޭގައި ވައިރަލް ފީވާ އާއި ރޯގާ ފެތުރުން އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕިއޭއިން ބުނާގޮތުގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހުމާއި  އަރިދަފުސް ރޯގާ މިދަނީ ފެތުރެމުންނެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައިވެސް ފާއިތުވީ ދެހަފްތާގައި ހުންއައިސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށާއި އެހެންނަމަވެސް ސިއްޚީ ހާލަތު ގޯސްނޫން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ބައެއް ރަށްރަށުގެ ސިއްޚީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ސަމާލުކަމަށް ގެނެސްފައިވާއިރު އަނެއްބައި ރަށްރަށުގައި ފާނުބަސަންދު ފަދަ ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާތީ ހުރިހާ ރައްޔިތުންވެސް ސަމާލުވުމަށް ވަނީ އަންގާފައެވެ.

ކުޑަދުވަސްކޮޅަކަށް މަޑުޖެހިލުމަށްފަހު ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ރޭންޑަމް ސާމްޕަލްތައް ފައްސިވާ އަދަދު މިވަނީ އަނެއްކާވެސް މައްޗަށް ޖެހިލާފައެވެ. އެހެންކަމުން އާދައިގެ ރޯގާއެއް ޖެހި ހުން އަޔަސް ރައްޔިތުން ތިބެން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ހުންއައިސް ރޯގާގެ އަލާމަތް ފެންނަނަމަ މީހުންގެ ތެރެޔަށް ނުނުކުމެ ގޭޣައި މަޑުކޮށްލުމަށް ސިއްޚީ މާހިރުންވަނީ ލަފާދީފައެވެ. ތިމާގެ އާއިލާ އާއި އެހެން މީހުންގެ ރައްކާތެރިކަމަށް ވިސްނައި ފަރުދީ ޒިންމާ އަދާކުރައްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!