ޚަބަރު
ތިނަދޫ ވޯޓަރ ޕާކް ރަސްމީކޮށް ހުޅުވައިފި

ގދ.ތިނަދޫ ވޯޓަރ ޕާކް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ވޯޓަރ ޕާކް ހުޅުވައިދެއްވުން ޝަރަފްވެރިކޮށް، ރިބަން ކަނޑާލީ، ތިނަދޫ ރައީސް ސައުދު އަލީ ގެ އިތުރުން ކުޅުދުއްފުށީ ސިޓީ މޭޔަރެވެ.

ތިނަދޫ އާބާދީ55 ފާހަގަ ކުރުމަށް  ކުރިޔަށް ގެންދާ ޚާއްޞަ ހަރަކާތްތަކުފެ ތެރެއިން ”އެންމެންނަގެ ހަވީރާ“ ނަމުގައި ބާއްވާ ހަވީރު މިއަދު 04:00 ޖަހާއިރު  ތިނަދޫ މިއުޒިއަމް ޕާކް ގައި ފެށިގެން ކުރިޔަށް އެބަދެއެވެ. ތިނަދޫގެ ހުރިހާ ކުޑަކުދިން އެއްކޮށް ކަހަލަ ގޮތަކަށް މިޕާކަށް ޖަމާވެފައިވާއިރު، ހުރިހާ ކުދިން ތިބީ އުފަލުން ފޮޅިފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ފަންސާސް ފަސް ފުއްޕާހަން މައްޗަށް ދޫކޮށްފައިވެއެވެ. މިއަދު ވެގެން ގޮސްފައިވަނީ، ތިނަދޫގެ ތާރީޚުގައި ވަރަށްވެސް ޚާއްސަ ދުވަހެއްގެ ގޮތުގައެވެ. މިއަދުން ފެށިގެން މިވޯޓާ ޕާކްގެ ޚިދުމަތް ކުޑަކުދީންނަށް ލިބިގެންދާނެއެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން މިހަވީރުގައި ބައިވެރިވެފައިވާއިރު، އާބާދީ 55 ގެ ޙަރަކާތްތަކަށް ރައްޔިތުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތައް ހެން އާބާދީ 55 ގެ ހަރަކާތުގައި ބައިވެރިވުމަށް ތިނަދޫއަށް ޒިޔާރަތް ކޮށްފައިވާއިރު، ކުޅުދުއްފުށީ ސިޓީގެ މޭޔަރު، އައްޑޫ ސިޓީގެ މޭޔަރުގ އިތުރުން، މިނިސްޓަރުގެ ނާއިބު ފެންވަރުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންގެ އާބާދީ 55 ގެ ހަރާކާތްތަކުގައި ބައިވެރިވުމަށް ތިނަދޫއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

  1. އާމިނަތު

    ވޯޓަރޕާރކާ އޮއްތު މާ ކުރިޔެން ރައީސް ޔާމީން ހޮޅުވައިދެއްވާހައި. ތެއްޔެހައި ކަމެކެ އޮޅުވައިނުލަ. ވަރަން ރީތިދާ. ޝުކުރިއްޔާ ރައީސް ޔާމީން.