ބައެއް ސަރަޙައްދުތަކުން މާލެއިން މިރޭ ފެން ކަނޑާލެވޭނެކަމަށް މާލެއަށް ފެނުގެ ޚިދުމަތް ދެމުން އަންނަ، އެމްޑަބްލިއުއެސްސީ އިން ބުނެފި އެވެ.
އެކުންފުނިން މާލޭގެ ބައެއް ސަރަޙައްދުތަކުން ފެން ކަނޑާލުމަށް ނިންމީ، މާލެ ސިޓީ ކައުންސިލްގެ “ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް” ގެ ދަށުން ރޯޝަނީ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅި އާއި މިހާރު އަލަށް އަޅާފައިވާ ފެން ހޮޅި ގުޅުވުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
ފެން ކަނޑާލަނީ ސޯސަންމަގާއި ކަސްތޫރީ މަގާއި ދެމެދުން ރޯޝަނީ މަގުގައި ހިމެނޭ ހުރިހާ ގެތަކުންނެވެ. އަދި މިރޭ 11:00 އިން ފަތިހު 5:00 އާއި ހަމަޔަށް މިސަރަހައްދުން ފެނުގެ ޚިދުމަތް މެދުކެނޑިގެން ދާނެކަމަށް އަށް އެމްޑަބްލިއުއެސްސީ އިން މަޢުލޫމާތު ދެއެވެ.