މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމުގެ ޔަޤީންކަން މެނޭޖްމެންޓުން ދެއްވައިފިކަމަށް ޕައިލެޓުން ހާމަކޮށްފިއެވެ.
މޯލްޑިވިއަންގައި ވަޒީފާ އަދާކުރަމުންދާ ބައެއް ޕައިލެޓުން މީޑިޔާއަށް މައުލޫމާތުދީފައިވާ ގޮތުން އަންނަ އަހަރު ޖެނުއަރީއިން ފެށިގެން ކުރިން ޕައިލެޓުންނަށް ދީފައިވާ މުސާރަ ދޭނެކަމަށް މެނޭޖްމަންޓުން ވަނީ އަންގާފައެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މީހާދު ރޭ ބޭއްވި ބައްދަލުވުމެއްގައި ޕައިލެޓުންނަށް އަންގާފައިވަނީ އަންނަ މަހުން ފެށިގެން ޕައިލެޓުންގެ މުސާރަ 80 އިންސައްތަ ބޮޑުކޮށްދޭނެކަމަށާއި އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިން ޕައިލެޓުންނަށް ދެމުން އައި މުސާރަ ލިބޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ޕައިލެޓޫންގެ މުސާރަ ކުޑަވެގެން ގިނަ ޕައިލެޓުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މެނޭޖްމަންޓުގެ ފަރުވާކުޑަކަމަށް ބުނެ ގިނަ މުވައްޒަފުން ވަނީ މިކަމާ އިހުތިޖާޖުކޮށްފައެވެ. ކޮވިޑް-19 އާއި ގުޅިގެން ޕައިލެޓުންގެ މުސާރައިން އުނިކުރި 40 އިންސައްތަ އެމީހުންނަށް ނުލިބޭތީ އެކަމާ ކަންބޮޑުވެގެން މޯލްޑިވިއަންގެ ޕައިލެޓުން ނިންމާފައި އޮތީ މިއަދު މަސައްކަތް ހުއްޓާލާށެވެ. އެހެންކަމުން ރާއިސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަށް މޯލްޑިވިއަންގެ ޕައިލެޓުން ވަނީ ރައީސް އާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް ހުށަހަޅާފައެވެ. އަދި ރައީސްގެ ފަރާތުން އުއްމީދީ ޖަވާބެއް ލިބިފައިވާކަމަށް ބައެއް ޕައިލެޓުން މީޑީޔާއަށް މައުލޫމާތު ދީފައިވެއެވެ.